ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު ތަންފީޒު ކުރައްވަނީ ޔާމީންގެ މެނިފެސްޓޯ: ސެމްބެ

ޕޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ތަންފީޒު ކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯ އާއި ސިޔާސަތު ކަމަށް މުއިއްޒުގެ ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ތ. ގާދިއްފުށީގައި ތިބި ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ސެމްބެ ވިދާޅުވީ ދިވެހިންގެ ލީޑަރެއްގެ ގޮތުގައި ޔާމީން ދެއްކެވި ލީޑަރަކީ މުއިއްޒު ކަމަށެވެ. މުއިއްޒުވެސް ވިދާޅުވެފައިވަނީ އެމަނިކުފާނު ތަންފީޒު ކުރައްވާނީ ރައީސް ޔާމީންގެ މެނިފެސްޓޯ ކަމަށާއި ދަމަހައްޓަންޖެހޭ ސިޔާސަތަކީވެސް ޔާމީންގެ ސިޔާސަތުކަމަށް ސެމްބެ ވިދާޅުވިއެވެ. މީގެ އިތުރުން ސެންބެ ވިދާޅުވީ ރައްޔިތުން ބޭނުންވާގޮތަށް ރާއްޖެ ތަރައްގީ ކުރުމުގައި މުއިއްޒު ހުންނެވީ ވަރަށްބޮޑަށް ތައްޔާރުވެ ވަޑައިގަންނަވާފަވާ ކަމަށެވެ.

ސެމްބެ ވިދާޅުވީ ޔާމީންގެ އެދިވަޑައިގަތުމާ އެކީ ބާރު މިނެއްގައި އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ކަމަށާއި އެކަން ކުރެއްވޭނެ ބޭފުޅެއްގެ ގޮތުގައި ޔާމީން ދައްކަވާފައި ހުރި ބޭފުޅަކީ މުއިއްޒު ކަމަށެވެ. ބާރުމިނެއްގައި މަސައްކަތް ކުރައްވަނީ ރައީސް ޔާމީންގެ އެދިވަޑައިގަތުމާ އެކު ކަމަށާއި އަދި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ކަމަށް މަސައްކަތް ކުރައްވަން ޔާމީން ދައްކަވާފައި ހުރި ބޭފުޅަކީ މުއިއްޒު ކަމަށް ސެމްބެ ވިދާޅުވިއެވެ.

ސެމްބެ ވިދާޅުވީ ޕިޕީއެމްއަށް ލޯބިކުރައްވާ ބޭފުޅުން އެންމެ ބޭނުންވާނީ އެ ޕާޓީގެ ސަރުކާރެއްގައި ކޮށްދެވޭނެ ކަންކަން ބެލުމަށް ކަމަށެވެ. އަދި މުއިއްޒުގެ ވެރިކަމެއްގައި އެ ގާދިއްފުށީގެ ރަށުގެ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކޮށްދެއްވާނެ ކަމަށްވެސް ސެމްބެ ވިދާޅުވިއެވެ. މީގެއިތުރުން ޔޫތް ސެންޓަރު ގާއިމްކޮށް ސްޕޯޓްސް އެރީނާ ތަރައްގީކޮށް ކުނި ނައްތާލުމުގެ ނިޒާމް ގާއިމްކޮށްދެއްވާ ކަސްރަތު ކުރައްވާ ބޭފުޅުންނަށް އެކަންވެސް މަގުފަހިވެގެންދާނެ ގޮތްތަކާއި މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވިގެންދާނެ ކަމުގެ ޔަގީންކަންވެސް ސެމްބެ ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވައިފައެވެ.

ގާދިއްފުށިން ސެމްބެ އަށް ކީ ހޫނު ތަރުހީބަކީ ރައީސް ޔާމީނަށް ރައްޔީތުންގެ ހިތްތަކުގައި އޮތް ގަދަރާ ލޯބި ކަމަށާއި އެ ކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށް ސެމްބެ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: