ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ސަރުކާރުގެ ބަޖެޓުން އެއްބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ: ޝައުނާ

ޝެއާރކޮށްލާ ކަހަލަދޯ؟

އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅިގެން ދައުލަތުގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ”އިގްތިސާދީ ބޮޑު ބަދަލު“ ސިޔާސަތު ހާމަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި މިސިޔާސަތުގައި ހިމެނޭ ”ވިލުންތެރި މުޖުތަމައު“ގެ ބައި ހުށަހަޅުއްވައި ދެއްވީ މިނިސްޓަރު ޝައުނާ އެވެ. މިބައިގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ތިމާވެށީގެ ދާއިރާ އިން ސަރުކާރުން ކުރަން ހުށަހަޅާ ކަންކަމެވެ. ސިޔާސަތު ހުށަހަޅުއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ އަވިން ހަކަތަ އުފެއްދުމަކީ މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގައި އަވިން ހަކަތަ އުފައްދަން ގާއިމުކޮށްފައިވާ ނިޒާމުގެ ތެރެއިން އުފެއްދެނީ އެންމެ 16 މެގަވޮޓް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް އަހަރު އެ އަދަދު 121 މެގަވޮޓަށް މަތިވެގެންދާނެ ކަމުގައި މނިސްޓަރު ވިދާޅުވި އެެވެ. އަދީ އޭނާ ވިދާޅުވީ މުޅިރާއްޖޭގައި 53 މެގަވޯޓުގެ ރިނޮވަބަލް އެނާޖީ ސިސްޓަމް ގާއިމުކުރައްވާފައިވާ ކަމަށެވެ.

ޝައުނާ ވިދާޅުވީ ރާއްޖެއަކީ ތެޔޮ އަންދައިގެން ކަރަންޓުގެ ހިދުމަތް ދިނުމަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރާ ގައުމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ 10 ޕަސެންޓް — ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ ރާއްޖެއިން ތެލަށް ހަރަދުކުރާ ކަމަށް ޝައުނާ ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއިން ތެލަށް ކުރާ ހަރަދުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެެ.

މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހްގެ ސިޔާސަތަކީ ތިމާވެށްޓަށް އިސްކަން ދީގެން ރާއްޖެ ތަރައްގީކުރުން ކަމަށެވެ. ތިމާވެށީގެ ދާއިރާ އިން ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލްވުމަށް ކުރަމުންދާ މަސަައްކަތްތަކުގައި ހުރިހާ އެންމެންގެ ބައިވެރިވުން ބޭނުންވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީން ހާމަކުރި ސިޔާސަތުގައި ތިމާވެށީގެ ދާއިރާއިން ފަރުދުންގެ ލެވަލްގައި އަދި ރަށާއި އަތޮޅާއި ގައުމީ ލެވަލްގައި ކުރެވޭނެ ކަންތައްތަކެއްވެސް ހިމަނާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: