ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެއްވަދޫގެ ރައްޔިތުންގެ ހޫނު މަރުހަބާއަށް، މުއިއްޒު ދެއްވީ ނަތީޖާ ނެރެދޭނެކަމުގެ ޔަގީންކަން!

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ދެއްވަދޫގެ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އެކު ފުރުސަތު ދެއްވައިފި ނަމަ، ނަތީޖާ ނެރެ ބާރު ސްޕީޑު ތަރައްގީ ގެނެސްދެއްވާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު މިއަދު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ގއ. އަތޮޅުގެ ރަށްތަކަށެވެ. އެއަށް ފަހު މާދަމާ ރ، ބ، ޅ ގެ އަތޮޅުތަކުގެ ދަތުރު ފައްޓަވާނެ އެވެ.

ކެމްޕެއިނަށް މިއަދު ގއ. ދެއްވަދޫއަށް ވަޑައިގަތުމުން އެ ރަށުން މުއިއްޒަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ރައްޔިތުން ކީ ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައި، މުއިއްޒު ވިދާޅުވީ ބައެއް މަޝްރޫއުތައް ރަށުގައި ކުރިޔަށް ދާއިރު ރައްޔިތުން ބޭނުންވާއިރު އެއީ ރައްޔިތުން އެދޭ ސްޕީޑެއް ނޫން ކަމަށެވެ. އެކަމަކު ޕީޕީއެމް/ޕީއެންސީގެ އަބަދުވެސް ސިޔާސަތަކަށް ވާނީ ރަށުގެ ތަރައްގީ ބާރު ދުވެލީގައި ކުރިޔަށް ގެންގޮސް ތަންފީޒު ކުރުންކަމަށް މުއިއްޒު ވިދާޅުވި އެވެ.

ދެއްވަދޫގެ ކުރިމަގަށްޓަކައި ރައްޔިތުން ގޮތް ނިންމައި ރިޔާސީ އިންތިހާބުގައި ފުރުސަތު ދެއްވުމަށް އެދިވަޑައިގެން މުއިއްޒު ދެއްވީ ބަދަލު ދައްކައި ތަރައްގީ ގެންނާނެކަމުގެ ޔަގީންކަމެވެ. ރަށުގެ ރައްޔިތުންގެ ފަރާތުން ވެސް ބަނދަރުގެ ޝަކުވާތައް ލިބުނުއިރު މުއިއްޒު ވިދާޅުވީ ލޯންޗު ފަޅުތެރެއަށް ވަނުމާއި އެކު އެންމެ ފުރަތަމަ ފާހަގަކުރެވުނު މައްސަލައަކީ ވެސް އެއީ ކަމަށެވެ. މުއިއްޒު ވައުދުވީ ރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ބަދަލު ގެނައުމަށެވެ.

އިރާދަކުރެއްވިއްޔާ ދެއްވަދޫގެ ތަރައްގީއަޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތަކަށް ވެސް އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ.. މި ރަށަކީ ވަރަށް ޒަމާންވީ، ވަރުގަދަ ތާރީހެއް އޮންނަ، ވަރަށް ހިދުމަތްތެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް.. އެކަން އަޅުގަނޑު އެކަން އުފަލާއި އެކު ފާހަގަކުރަން

މުއިއްޒު ވިދާޅުވީ ރަށްތަކުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތާއީދެއް ލިބެމުންދާކަމަށާއި، އުންމީދަކީ ދެވަނަ ބުރަކަށް ނޮގޮސް އެއް ފަހަރުން މި އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: