ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ވައުދު ގެމަނަފުށީގައި ޒަމާނީ ބަނދަރެއް ހެދުމަށް!

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ގެމަނަފުށީގެ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އެކު ފުރުސަތު ދެއްވައިފި ނަމަ، ނަތީޖާ ނެރެ ބާރު ސްޕީޑު ތަރައްގީ ގެނެސްދެއްވާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު މިއަދު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ގއ. އަތޮޅުގެ ރަށްތަކަށެވެ. އެއަށް ފަހު މާދަމާ ރ، ބ، ޅ ގެ އަތޮޅުތަކުގެ ދަތުރު ފައްޓަވާނެ އެވެ.

ގެމަނަފުށީގެ ރައްޔިތުންނަށް މި ސަރުކާރުންވެފައިވާ އިހުމާލު އެންމެ ރަނގަޅަށް ފެނިގެން ދިޔައީ މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެނައި ތަރައްގީ ހަމަ އެގޮތުގައި އަދިވެސް ފެނަން އޮތުމުންނެވެ.

އެގޮތުގައި އިތުރު ބަދަލެއް ނައިސް ފެންނަން އޮތުމުންނެވެ. 2012 ގައި އެންމެ ފުރަތަމަ ހައުސިން މިނިސްޓަރުކަމާއި ހަވާލުވުމަށް ފަހު ރައްޔިތުންގެ ޝަކުވާތައް އައި އިރު އޭގެ ތެރޭގައި ބަނދަރު ހިމެނޭކަން ފާހަގަކޮށް މުއިއްޒު ވިދާޅުވި އޭރުގެ އެ ޒަމާނާއި އެއްގޮތަށް މަޝްރޫއު ކުރިޔަށް ގެެންދުވުނު ކަމަށެވެ.

އަޅުގަނޑު ދޭ ޔަގީން ކަމަކީ ތިބޭފުޅުން ބޭނުންވާ ގޮތަށް އަނެއްކާވެސް ބަނދަރަށް ތަރައްގީ ގެނެސްދީ، ބޮޑުކޮށް ދީ އިތުރަށް ފުރިހަމަކޮށްދޭނެކަމަށް..

ރައްޔިތުންނަށް ވައުދެއް ވާނަމަ، މުއިއްޒު ވިދާޅުވީ އެ ތަންފީޒު ކުރައްވާނެކަމަށާއި ސިޔާސަތަކާއި ޕްލޭނެއް ނެތި ވައުދެއް ނުވާނެ ކަމަށެވެ. އިތުބާރު ކުރުމަށް އެދިވަޑައިގެން މުއިއްޒު ވިދާޅުވީ ރައްޔިތުން ފުރުސަތު ދެއްވައިފި ނަމަ ބޭނުންވާ ބަދަލާއި ކުރިއެރުން ގެނެސްދޭނެ ކަމަށެވެ.

ގެމަނަފުއްޓަކީ މަސްވެރިކަމުގެ ރަށެެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ މީގެ އެތައް އަހަރެއް ކުރިން ތަރައްގީ ކުރި ބަނދަރު އަދިވެސް އޮތީ ހަމައެގޮތުގައި އެއްވެސް ބަދަލެއް ނައިސް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: