ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ފަސްވަނަ ސިޓީ އަކަށް ގދ.ތިނަދޫ!

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫއަކީ ރާއްޖޭގެ 5 ވަނަ ސިޓީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކަނޑައަޅުއްވައިފިއެވެ.

ގދ. ތިނަދޫގައި ބޭއްވި ”އުފާވެރި އަމާން ރާއްޖެ“ ޖަލްސާގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ވާގޮތަށް ސިޓީ އެއްގައި ހަމަވާންޖެހޭ ކަންކަން ތިނަދޫގައި ހަމަވެފައިވާތީ އެމަނިކުފާނު ވަނީ މިއަދު ގަރާރުގައި ސޮއި ކުރައްވާފައިކަމަށެވެ. ރައީސް  ވިދާޅުވީ ހުވަދޫ އަދި ތިނަދޫއަށް ތަސައްވަރެއް ގެނަގުޅުއްވާކަމަށެވެ. ގަދީމީ އެ އަތޮޅަކީ އެންމެ ދުވެލި ބާރު، އެންމެ ރަށްގިނަ، މަސްވެރިކަމުގެ ސިނާއަތް އެންމެ ކުރިއަރާފައިވާ، ސިޔާސީ ލީޑަރުން މުހިންމު ދައުރުތަކެއް އަދާކުރެއްވި، ވިޔަފާރި ވެރިން އެންމެ ގިނަ އަދި އާދަޔާ ހިލާފު ރަށެށްކަމަށް ރައީސް ވިދާޅުވިއެވެ.

1912 ގައި ބައިނަލްއަގްވާމީ ފެންވަރުގެ ބޯހިމެނުމެއް ކުރިއަށް ގެންދިޔައިރު މާލެ ފިޔަވައި ރާއްޖޭގައި އެންމެ އާބާދީ ގިނަ ރަށަަކީ ތިނަދޫ ކަމަށް ރައީސް ވިދާޅުވިއެވެ. ތިނަދޫއަކީ އުފެއްދުންތެރިކަމާއި، ހީވަގިކަން، އަދި މަސައްކަތް ތެރިކަން ފާހަގަ ކޮށްލެވޭ ރަށެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.

ތިނަދޫއަކީ މަސްވެރިކަމަށް ވަރަށް ހާއްސަ ރަށެއް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް 1950 ގެ ފަހުން ކުރިމަތިކުރަން ފެށި އުނދަގޫތަކާއިއެކު ތިނަދޫ ފަޅުވެގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ. އޭރުގެ ސަރުކާރުން ކަން ކުރަމުން ދިޔައީ އެއްވެސް ރައްޔިތަކަށް ނުވަތަ ރަށަކަށް ކަން ކުރަންވާ ގޮތަށް ނޫން ކަމަށް ވިދާޅުވެ އެކަމަށް ތިނަދޫ ސިޓީ ރައްޔިތުންގެ ގާތުން މާފަށް އެދިފައެވެ.

އެމަނިކުފާނުގެ ސަރުކާރުގައި އެކަހަލަ ކަމެއް ހިނގާކަށް ފުރުސަތެއް ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ތިނަދޫ ސިޓީ އަށް ޓާޝިއަރީ ހޮސްޕިޓަލް އެއްގާއިމް ކޮށްދެއްވައި، ސިނާއީ ގޮތުން ބޮޑު ބަދަލެއް ގެނެއުމަށް ކޮމާޝަލް ހާބަރެއް ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭން ބޭރުން އަންނަ ބޯޓުފަހަރަށް ތިނަދޫގައި ބަނދަރުކުރެވި ރަށަށް މުދާ އެރުވުމާއި ބޭލުމުގައި ވަރަށް ބޮޑުތަން ފަސޭހަ ވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޕީއެލް، ކަސްޓަމްސް އަދި އިމިގރޭޝަން ފަދަ އެތަށް މުވައްސަސާއެއް ގެނެސް ދެއްވާ އެސިޓީގައި ވަޒީފާގެފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް އޮތް ގޮތަށް އޮއްވާ މަސްވެރިން ކުރިއަރައިގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި 1000 ޓަނުގެ ކޯލްޑް ސޮޓޯރޭޖެއް ގާއިމްކޮށް، 120 ޓަނުގެ ފްރީޒިން ކެޕޭސިޓީއެއްވެސް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މިހާރު ތިނަދޫއިން ޕާސްޕޯޓު ގެ ހިދުމަތް ލިބޭއިރު ދެން ރައްޔިތުން ބޭނުންވާނެ ކަމަކީ އެޕާސްޕޯޓުގެ ބޭނުންކޮށް ރާއްޖޭން ބޭރަށް ދަތުރު ކުރުން ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ކާޑެއްދޫގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ގާއިމް ނުކުރެވިއްޖެނަމަ ތިނަދޫސިޓީއަށް އެއަރޕޯޓް ބަދަލު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޓޫރިޒަމް އިންޓަރގްރޭޝަން ޒޯނެއް ގާއިމްކޮށްދެއްވާނެކަމަށާއި، ބިން އިތުރު ކޮށް އިންޑަސްޓްރިއަލް އެކި ކަންކަން ކުރިއަށް ގެންދިއުމަށް ޖާގަލިބިގެންދާނެ ކަމަސް ވިދާޅުވިއެވެ. ރައްޔިތު މީގެއިތުރުން ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށްޓަކައި 500 ފްލެޓް އަޅައިދެއްވާނެކަމަށާއި، ޕިކްނިކް އައިލެންޑް ފަޅުތެރޭގައި ގާއިމްކުރުމާއި، ތިނަދޫގެ ހުރިހާ މަގުތަކެއް ހެދުމާއި، ޓިވެޓް ކެމްޕަހެއްގާއިމް ކުރުމާއި، ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމުން ކުރީގެ ހޮސްޕިޓަލް މެޑިކަލް ކިޔަވާދެވޭނެ ފަދަ ތަނަކަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: