ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިރޭ ވޯޓު ގުނިއަސް މޮޅުވާނެ: ރައީސް

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ވޯޓު ގުނިއަސް މޮޅުވާނެ ކަމަށާއި މާދަން ވޯޓު ގުނައިފިއްޔާ އެއަށްވުރެ މޮޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

މާލޭގައި ބޭއްވި ”އުފާވެރި އަމާން ރާއްޖެ“ ޖަލްސާގައި ރައީސް ސާލިހް ވިދާޅުވީ ރާއްޖޭގެ 16 އަތޮޅަކަށް ވަޑައިގެންނެވިއިރު ފެންނަ މަންޒަރަކީ އަނިޔާވެރިކަމަށް ދާން ބޭނުންނުވާ މަންޒަރު ކަމަށެވެ. ރައީސް ވިދާޅުވީ ފެނިވަޑައިގަންނަވަނީ ރަށްތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އައިސްފައިވާ މަންޒަރު ކަމަށެވެ. ސިޔާސި ހަމަޖެހުމުގެ ފައިދާ ހުރިހާ ދިމާއަަކަށް ފޯރާފައިވާ މަންޒަރާއި ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ގެނެސްދެއްވާފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ދޭތެރޭ ރައްޔިތުން ހިންހަމަ ޖެހިފައިވާ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަދު ކުއްލި ނުރައްކަލުގެ ހާލަތު ދެދުވަހުން އެއްދުވަހު ނެރެފައި އޮންނަން ރައްޔިތުން ބޭނުން ނުވާކަމަށާއި، ކައުންސިލްތަށް ގަނޑުކޮށް ސަސްޕެންޑު ކުރާ ގައުމަކަށް މިގައުމު ވާން ނޭދޭކަމާއި، މުވައްސަސާތަށް އަޅުވެތިކޮށް ކޯޓުތަކުގެ ފުރާޅުން ޓިނު ނަގައި ފަނޑިޔާރުން ބިންމަތި ކުރާކަށް ރައްޔިތުން ދެން ބޭނުން ނުވާކަމަށާއި އަދި ޖުޑީޝަރީއާއި ރައްޔިތުންގެ މަޖިލީހަކީ ”ގުޅަ ކުޅޭ“ ތާކަށް ހަދަން ރައްޔިތުން ބޭނުންނުވާ ކަމަށެވެ.

މާޒީގެ ތެރެއަށް ގޮސް ތާރީހުގެ ތެރެއިން ހޭދަ ކުރިދުވަސްތައް ހަނދުމަފުޅުކުރައްވާ ރައީސް ވިދާޅުވީ 2003 ގައި އީވާން ނަސީމް މާރާލުމާ ގުޅިގެން މާލެ ކެކިއެރި ގޮތާއި، 2004 ގެ އޮގަސްޓު 12 އަދި 13 ގެ މުޒާހަރާ ހިތަށް ގެނައުމަށްށެވެ. އެތަށް މުޒާހަރާއެއް ދުން އެތަށް ބަޔަކު ތިއްބަވާނެ ކަމަށާއި، އަނިޔާވެރިކަން ތަހައްމަލު ކުރި އެތަށް ބަޔަކު ތިބިކަމަށް ރައީސް ވިދާޅުވިއެވެ. ބުރަ މަސައްކަތުން ކޯލިޝަނަކުން 2018 ގައި ވެރިކަމަށް އަރައިވަޑާއިގަތީ އެމްޑިީޕީ ސަރުކާރާއިއެކު ނަމަވެސް ހިތާމަޔަކީ 5 އަހަރު ނުވެ އެސަރުކާރު ބަދަލުވެގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

އޭރުގެ ސަރުކާރު ބަދަލުވިގޮތް އެއީ ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ކޮންމެ ސިޔާސީ މީހަކާއި، ކޮންމެ ސިޔާސީ ޕާޓީއަކާއި، އަދި ކޮންމެ ސިޔާސީ ހަރަކާތްތެރިއަކު އެއާ ދެމެދު ފުންކޮށް ވިސަނަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވެރިކަން ބަދަލު ވުމާއެކު މުޅި ރާއްޖެއަށް ދިމާވި ބިރުވެރި ކަމާއި އަނިޔާވެރިކަން ހަނދާން ކުރަން ޖެހޭކަމަށެވެ.

އޭރުގެ އަނިޔާވެރިކަން އޮތް މިންވަރަކީ ޒުވާނުން މަގުމަތިން އަނިޔާކޮށް މަރެމާއި، ގޭތެރޭގައި އިންނަ ކުއްޖާ މަގުމައްޗަށްނެރެ މަރާލުމާއި، ގޭންގު ތަކުގެ ބާރު އޭރު އޮތް މިންވަރާއި އަދި އޭރު ރާއްޖެ އޮތީ ނާމާން ހާލަތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަން ވަނީ މާޒީއަށް ދުއްވާލާފައި ކަމަށް ރާއީސް ވިދާޅުވިއެވެ. ދެން އެނބުރި އެދުވަސް ދެކެން ބޭނުން ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: