ޝަރީއަތުގެ މެދުތެރޭގައި ހުންނަ ކަންކަމަށް ރައީސްއަކަށް އަތް ނުބޭނޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ހދ. ނޭކުރަންދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިނިމަމް ވޭޖު ކަނޑައަޅުއްވާއިފައިވާކަމާއި، 5،500 އަށް ވުރެ ކުޑަމުސާރައެއް ދީގެން މުވައްޒަފުން ނުގެންގުޅެވޭނެ ކަމަށެވެ. އަދި އެކަން އޮތީ ގާނޫނުން ކަނޑައަޅައިފައި ކަމަށް ވެސް ވިދާޅުވިއެވެ. ހަމައެއާއެކި ސާވިސްޗާޖު ވެސް ކަނޑައަޅުއްވައި، ޖުޑީޝަރީ މިނިވަން ކޮށްދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޖުޑިޝަރީ ދަނީ އެމީހުންގެ އަމިއްލަ ބާރުގައި މިނިވަން ކަމާއިއެކު މަސައްކަތް ކުރައްވަމުން ކަމަށެވެ. އަދި ވިދާޅުވީ އޭގެން އެއްވެސް ކަމެއްގެ ތެރެއަށް ސަރުކާރުން އަތްބާނާ ވަކި ގޮތަކަށް ވަކިކަމެއް ކުރައްވަން އެމަނިކުފާނު ވިދާޅުނުވާކަމަށެވެ.
ރަށް ރަށަށް އަރާވަޑައިގަންނަވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް މިނިވަން ކުރުމަށާއި ދޫކޮށްލުމަށް ޖަހާފައި ހުންނަ ޕޯސްޓަރުތައް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރައީސް ވިދާޅުވީ އެކަން އެހެން ނުކުރެވޭނެ ކަމަށެވެ. ޔާމީން ގެ މައްސަލަ ނިންމަންވީ ގޮތާއި އަދި ނަގާނެ މުއްދަތުވެސް އެންގޭނީ ފަނޑުޔާރު ގެޔަށް ކަމަށް ރައީސް ވިދާޅުވިއެވެ. ބަދަލު ހިފުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ގިނަ ރަށްރަށުގައި ހަމަޖެހިލައިގެން ދިރިއުޅެވެނީ އެމނަިކުފާނުގެ ސަރުކާރުގައި ކަމަށެވެ. ނަމަވެސް އަދިވެސް ކުރަންހުރި މަސައްކަތްތަށް ގިނަކަމަށް ރައީސް ވިދާޅުވިއެވެ. ހާއްސަކޮށް ސިއްހީދާއިރާއަށް ބޮޑު ބަދަލެއް ގެންނަވަން ޖެހިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިރުވައިމޫސުމުގައި ރައްޔިތުން ފެންނުލިބި އެތަކެއް ދުވަސް ވަންދެންއުޅެ އަދި ކަރަނަޓު ނުލިބި އުޅުނު ދުވަސް ތަކުގައި އޭރުގެ ސަރުކާރުން އެއްވެސް އިޖާބައެއް އެކަމަށް ނުދެއްވާ ކަމަށެވެ. މިއަދު އޭރުގެ ސަރުކާރުގެ އިސް ސިޔާސީ ލީޑާރުން ނިކުމެ މަދު އާބާދީ އޮންނަ ރަށްރަށުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދިނުމަކީ ބޭކާރު ކަމެއް ގޮތުގައި ވިދާޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ނޭކުރެންދޫގެ ތަރައްގީއަށް ޓަކައި މަގުތަށް ޒަމާނީ ފެންވަރަށް ހަދައިދެއްވުމާއި، ރަށުގެ ބަނދަރު ހަދާއިރު މޫދަށް އެރޭނެ ތަނަކާއި އަދި ދޯނި އެހެލާ ސަރަހައްދެއް ހެދުމާއި، ޒުވާނުންނަށް ޔޫތު ސެންޓަރެއް އަޅައިދެއްވުމާއި، އިންޑޯ ބެޑްމިންޓަން ކޯޓެއް އަޅައިދެއްވުމާ އަދި ކުނި ނައްތާލުމަށް ވޭސްޓު މެނޭޖުމެންޓު ސެންޓަރެއް ގާއިމްކޮށްދެއްވާމެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީގެ އިތުރުން މާލޭގެ ފެނާއި ނަރުދަމާ ހޮޅި އަޑިއަށް ލާންޖެހޭ ކަމަށާއި، ތަގައްޔަރު ވެފައި އޮތް ފެންގަނޑު ރަނގަޅުކުރުމާއި އަދި ރަށްރަށުގައި ނެރު ފައިކަށި ބަދަލު ކުރާ އުސޫލުން މާލެގައިވެސް އެކަން ކުރަން ޖެހެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

