ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަން ހެދުމަށް މި ދިއްކޮލަނީ ރަހުމަތްތެރިކަމުގެ އަތެއް: ޑރ މުއިއްޒު

އިންތިހާބުން ލިބުނު ކާމިޔާބީގެ އުފަލުގައި "ޝުކުރިއްޔާ ދިވެހިން" ނަމުގައި ބޭއްވި ޖަލްސާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރ 9 ގައި އޮތް ރިިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް އެމަނިކުފާނު ހޮވިވަޑައިގެންފައިވާތީ އެހެން ސިޔާސީ ޕާޓީތަކަށް ކޯލިޝަންގެ ދައުވަތު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އިންތިހާބުން ލިބުނު ކާމިޔާބީގެ އުފަލުގައި ”ޝުކުރިއްޔާ ދިވެހިން“ ނަމުގައި ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވަނީ އެމްޑީޕީގެ މައްޗަށް ކުރި ހޯއްދަވައިދެއްވާފައިވާތީ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އެހެން ނަމަވެސް ދެވަނަ ބުރު ކާމިޔާބުކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް އެބަހުރިކަމަށް ފާހަގަކޮށް ޑރ މުއިއްޒު ވިދާޅުވީ، އެހެންކަމުން ގައުމީ ވިސްނުން އިސްކޮށް އިދިކޮޅު ކޮންގްރެސް ކޯލިޝަނާއިއެކު އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުން މުހިންމުކަމަށެވެ. އަދި އެމަނިކުފާނު ވަނީ ކޯލިޝަންގެ ދައުވަތު ދެއްވާފައެވެ.

އިންތިހާބުން ލިބުނު ކާމިޔާބީގެ އުފަލުގައި ”ޝުކުރިއްޔާ ދިވެހިން“ ނަމުގައި ބޭއްވި ޖަލްސާ.

މިއީ ރަހުމަތްތެރިކަމުގެ އަތެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑު މިދޭ ޔަގީން ކަމަކީ ގައުމު އިސްކޮށް، ގައުމުގެ މިނިވަން ކަމަށް އިހުތިރާމު އަދާ ކުރާ، ގައުމުގެ ތަރައްގީ ކުރިއަށް ގެންދިއުމުގަ އެއް ވިސްނުމަކަށް އަންނަ، ގައުމުގެ ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއްކަން ދެކޭ ކޮންމެ ސިޔާސީ ވެރިއަކަށ،ް ސިޔާސީ ޕާޓީއާއި އެކީގަ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނޭ.

މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުންގެ ފަރާތުންވެސް މުއިއްޒު އެދިވަޑައިތީ ގައުމު އިސްކުރައްވާ ދެވަނަ ބުރުގައި ގޮތް ނިންމުމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ގައުމު އިސްކުރައްވާނެކަމަށާއި، ރައްޔިތުންނަށް ވީ ވައުދުތައްވެސް ފުއްދަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: