ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމީ ވޯޓް ބޭނުންވަނީ އިންތިހާބުގެ ކުރިން: ހަސަން ލަތީފް

ފޮޓޯ: ވަގުތު/ އަބަދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައިސް ސޯލިހަކަށް ދެނެއް ވެރިކަމަކަށް ނާދެވޭނެ ކަމަށާއި، ރިޔާސީ ނިޒާމް ބަދަލު ކުރުމާއި ގުޅޭ ވޯޓްނެގުމަށް އެމްޑީޕީން އެއްބަސްވާ ކަމުގައިވާނަމަ ބޭނުންފުޅުވަނީ 30 ސެޕްޓަމްބަރުގެ ކުރިން އެ ކަމަށް އެެއްބަސްވެ ކުރިއަށްދިޔުން ކަމަށް ޑިމޮކްރޭޓްސްގެ މުއައްސިސް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

18 ސެޕްޓަމްބަރުގައި ޑިމޮކްރޭޓްސްގެ ފަރާތުން ނޫސްވެރިންނާއި ބައްދަލުކޮށް ހަސަން ލަތީފް ވިދާޅުވީ އެކިފަހަރުމަތިން ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން އެމްޑިޕީއާއި އެކު މަޝްވަރާ ކުރެވިއްޖެ ކަމަށާއި، ނަމަވެސް ދެން ބޭނުންފުޅުވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ނިޒާމާއި ގުޅޭ ވޯޓްގެ ކަންކަން ކުރިއަށް ދިޔުން ކަމަށެވެ.

”ވަޑައިގެންނެވެން ނެތް ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށް ކުރައްވާނެ ކަމަށް ވިދާޅުވާ ކަމަކީ މިހާރު އަޅުގަނޑުމެން ކުރިއަށް ބަރޯސާ ވާނެ ކަމެއްނޫން“ ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އާއި އެކު މަޝްވާރާތައް ކުރެވުނު ކަމަށާއި، ނަމަވެސް އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް އެމްޑީޕީ އާއި އެކު ރަސްމީ ސިފައެއްގައި މަޝްވާރާ އެއް އަދި ނުކުރެވޭ ކަމަށެވެ.

”ރައީސް ނަޝީދު ރައީސް ސޯލިހާއި، ފޯނުން ގުޅާ ވާހަކަ ދެއްކެވި. އެއި ރަސްމީ ސިފައެއްގައެއްނޫން.“ ހަސަން ލަތީފް

ހަސަން ވިދާޅުވީ އެމްޑީޕީ އާއި އެކު ރަސްމީ ސިފައެއްގައި ވާހަކަ ނުދެއްކުނު ނަމަވެސް އެކި ސިފަސިފައިގައި ޕާޓީގެ އެކި ފަރާތްތަކާއި މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ޑިމޮރޭޓްސް ޕާޓީގެ ކައުންސިލް ކޮމެޓީންވަނީ އެއްވެސް ޕާޓީ އަކާއި އެކު ކޯލިޝަން ހަދާކަމުގައިވާނަމަ އެކަމާއި ގުޅޭގޮތުން އެބޭފުޅުން ނިންމާނެ ގޮތުގެ ގަރާރެއްވެސް ފާސް ކޮށްފައެވެ. އެގޮތުން 64 މެމްބަރުން ބަހުސް ކުރުމަށްފަހު، އެގަރާރުގައި ސޮއި ކޮށްފައިވަނި 50 މެމެބަރުންނެވެ.

އެ ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން، 28 ސެޕްޓެބަރުގެ އޮންނަ އިންތިހާބުގެ ކުރިން ނިޒާމީ ވޯޓަކަށް ދިއުމަށް އެމްޑީޕީން އެއްބަސްވާނަމަ މި މަހުގެ 20 ވަނަ ދުވަހު މަޝްވަރާ އަށް ހުޅުވާލާނެ ކަމަށެވެ.

އަދި ޕީޕީއެމް/ޕީއެންސީ އާއި އެކުވެސް 20 ވަނަ ދުވަހުގެ ކުރިން މަޝްވަރާ އަށް ފުރުސަތު ދެއްވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ހަމަ މިއާއި އެކު މި އެއްބަސް ވުމަށް މި ދެޕާޓީން އެއްބަސް ނުވާނަމަ، އެއްވެސް ޕާޓީ އަކާއި އެކު ކުރިއަށް ނުދާ ގޮތަށް ނިންމާނެ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: