ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒު ކެމްޕެއިނަށް މާފަރަށް، ވިދާޅުވީ ރައްޔިތުން ތަރައްގީ ގެނެސްދެއްވާނެކަމަށް ކުރި އިތުބާރު ދަމަހައްޓަވާނެކަމަށް!

ޑރ މުއިއްޒު ކެމްޕެއިން އަށް ނ މާފަރަށް. ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ލިބިއްޖެނަމަ ތަރައްގީ ގެނެސްދެއްވާނެކަމަށް ވިދާޅުވުމުން ރައްޔިތުން ކުރި އިތުބާރު ދަމަހައްޓަވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ލިބިވަޑާއިގެން ކާމިޔާބީއަށްފަހު ޑރ މުއިއްޒު މިހާރު ވަނީ ކެމްޕެއިން ދަތުރުތައް ފައްޓަވާފައެވެ. އެގޮތުން ނ މާފަރަށް ކެމްޕެއިންގައި ވަޑައިގެން ރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ޑރ މުއިއްޒު އެންމެ ފުރަތަމަ ޝުކުރު އަދާކުރެއްވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން މާފަރުން ޕިޕީއެމްއަށް ދިން ތާއީދަށެވެ.

މިއީ މާފަރުން ޕީޕީއެމްއަށް މެޖޯރިޓީ ލިބުން ފުރަތަަ ފަހަރުކަން ފާހަގަކުރެއްވިއެވެ. ޑރ މުއިއްޒު ވިދާޅުވީ ރައްޔިތުން އެމަނިކުފާނަށް ވޯތު ދެއްވީ ތަރައްގީ ގެނެސްދެއްވާނެކަމުގެ އުއްމީދާއިއެކުކަމަށެވެ. އެ އިތުބާރު ދަމަހައްޓަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ މުއިއްޒު ކެމްޕެއިން އަށް ނ މާފަރަށް. ފޮޓޯ: ޕީޕީއެމް

ޑރ މުއިއްޒު ވަނީ މި ސަރުކާރުން މާފަރުގެ އިހުތިސާސްގެ ދަށުން ނަގާފައިވާ ބައި، އަލުން އަނބުރާ ރައްޔިތުންނަށް ހޯދަައިދޭނެކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ފަޅުގައި ރިސޯޓު ހަދައި، އެތަނުން ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. މި ސަރުކާރުން ފެއިލް ކޮށްލި ސިއްހީ ނިޒާމު ހައްލުކޮށްދެއްވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވުމަށް ވައުދުވެވަޑައިގެން، ކަރަންޓްގެ ކެޕޭސިޓީ ރަނގަޅުކޮށްދެއްވާނެކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.

މާފަރުގެ ރައްޔިތުން ކުޅިވަރަށް ޝައުގުވެރިކަން ހުރި އިރު، ފުޓްބޯޅަ ކުރިއެރުވުމުގެ މަސައްކަތް ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.  އަދި އެކަން ކުރައްވާނީ ދެމެހެއްޓެނިވި ގޮތެއްގައިކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްގީކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ޑރ މުއިއްޒު ކެމްޕެއިން އަށް ނ މާފަރަށް. ފޮޓޯ: ޕީޕީއެމް

ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ގުޅިގެން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ގޯތި ދޭންޖެހޭ ރަށްތަކާއި، ބިން ކުޑަވުމުގެ ސަބަބުން ފްލެޓް އަޅާފައި ދޭން ޖެހޭ ރަށްތައް އެބަހުރިކަމަށެވެ. އެ ރަށަކަށް އެކަށީގެންވާ ގޮތަށް އެ ރަށެއްގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެ، މާފަރުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަވައިދެއްވުމަށްވެސް ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ޑރ މުއިއްޒު ވިދާޅުވީ މިނިވަންކަންފަދަ ގައުމީ ބޮޑެތި މައްސަލަތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: