ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެނަޑާ ރައްޔިތުނަށް ވިސާ ނުދިނުމަށް އިންޑިއާއިން ނިންމުމާއިއެކު އެ ގައުމުން ކަންބޮޑުވެއްޖެ!

ކެނަޑާގެ ޑިފެންސް މިނިސްޓަރު ބިލް ބްލެއަރ އަދި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކެނަޑާގައި އިންޑިއާގެ ސިކުންނަށް ވަކި ދައުލަތެއް ގާއިމުކުރުމަށް ވަކާލާތުކުރާ ޖަމާއަތެއްގެ ލީޑަރަކު މަރުވުމުގެ ފަހަތުގައި އިންޑިއާ ސަރުކާރުގެ އަތެއް އޮތްކަމަށް ބޮޑުވަޒީރު ޖަސްޓިން ޓްރޫޑައު ވިދާޅުވުމާއިއެކު ނުރުހުން ފާޅުކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން އަޅާފައިވާ ކުއްލި ފިޔަވަޅާއިމެދު ކެނަޑާގެ ޑިފެންސް މިނިސްޓަރު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ކެނެޑާގައި ”ސިކްހ ސެޕަރެޓިސްޓު މޫވްމެންޓް“ އެއްގެ ލީޑަރަކު މަރާލި މައްސަލައިގައި އިންޑިއާގެ ސަރުކާރުގެ އަތެއް އޮތްކަމަށް އެ ގައުމުގެ ބޮޑުވަޒީރު ތުހުމަތުކުރުމާއިއެކު އިންޑިއާއިންވަނީ ބައެއް ފިޔަވަޅުތައް އަޅާފައިކަމަށެވެ. އެގޮތުން ކެނަޑާ ރައްޔިތުންނަށް އިންޑިއާ އަށް ދިއުމަށް ވިސާ ނުލިބޭނެ ގޮތަށް ނިންމުމާއިއެކު ޑިފެންސް މިނިސްޓަރު ބިލް ބްލެއަރ ކަންބޮޑުވުން ފާޅުކުރައްވާކަމަށާއި، ކުރެވިފައިވާ ތުހުމަތުތަކުގެ ހަގީގަތް ސާފުކޮށްދިނުމަށް އެކުގައި މަސައްކަތްކުރުމަށް އިލްތިމާސް ކުރައްވާކަމަށްވެސް މީޑިއާތަކުން ބުނެފައިވެއެވެ.

އިންޑިއާ އަދި ކެނަޑާ ދެމެދު މައްސަލަ ގޯސްވެފައިވަނީ ބޮޑުވަޒީރު ޖަސްޓިން އެ ގައުމުގައި ކާލިސްތާނީ ލީޑަރެއްކަމަށްވާ ހަރްދީޕު ސިންގް ނިއްޖަރު މަރާލުމުގައި އިންޑިއާގެ އެޖެންޓުންތަކެއްގެ އަތެއް އޮތްކަމަށް ތުހުމަތުކުރެވޭކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. އިންޑިއާއިން ވަނީ އެ މީހާ 2020 ވަނަ އަހަރުގެ ތެރޭގައި ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ކެނަޑާއިން ކޮށްފައިވާ ތުހުމަތުތައް އިންޑިއާއިންވަނީ ދޮގުކޮށްފައެވެ. އަދި އެ ގައުމުގައި ހުރި އޮފިޝަލަކުވެސް ފޮނުވާލާފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާއިންވަނީ ކެނަޑާގައި ޓެރަރިޒަމް އަދި އިންޑީއާ ދެކޮޅުވެރި ފަރާތްތަކުގެ މައްސަލަތައް ބޮޑުވަމުންދާކަމަށް ބުނެ އަކަން ހައްލުކުރުމަށް ގޮވާލާފައެވެ. އަދި އެ ގައުމުގައި އެފަދަ ބިރުވެރިކަމެއް އޮތުމުގެ ސަބަބުން ކެނަޑާ މީހުންނަށް އެ ގައުމަށް ވިސާ ނުލިބޭނެ ގޮތަށް ކަނޑައަޅާފައިވެއެވެ.

މިނިސްޓަރު ބްލެއަރ ވިދާޅުވެފައިވާގޮތުން ބޮޑުވަމުންދާ މައްަސަލައާއިމެދު ކަންބޮޑުވެވަޑައިގަންނަވައެވެ. އޭނާ ވިދާޅުވީ، އެ ގައުމަށް ނިސްބަތްވާ އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭކަމަށާއި އެ މީހުންނަކީ އެކި ގޮތް ގޮތުން އިންޑިއާ އާއި ގުޅިފައިވާ ބައެއްކަމަށެވެ. ބްލެއަރ ވިދާޅުވީ، އެ ގައުމުން އަމަލުކޮށްފައިވާގޮތުން، ކުރިމަތިވެދާނެ ކަންކަން އެނގިވަޑައިގަންނަވައެވެ. އަދި ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ބާރުއަޅަމުންދަނީ އެ ސަބަބަށްކަމަށާއި އެކަމުގެ ތެރެއިން ކަން ހިނގައިދިޔަ ގޮތް އެނގިގެންދާނެކަމަށް ވިދާޅުވިއެވެ.

ބްލެއަރ ވިދާޅުވީ، ތަހުގީގުގެ ނަތީޖާތަކުން ހަގީގަތް އެނގުމުން ދެ ގައުމަށް އެކުގައި މަސައްކަތްކޮށްގެން ހުރި މައްސަލަތައް ހައްލުކުރެވޭނެކަމަށާއި އިންޑިއާއަށް އެދިފައިވާ ހަމައެކަނި ކަމަކީ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދިނުންކަމަށެވެ. އޭނާ ވިދާޅުވީ، އެކަމަށް އެދިފައިވަނީ ނަތީޖާތައް އިންތިހާއަށް މުހިންމުވުމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: