ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓުލާ ދުވަހަށް ނާޒިމްގެ އެދުމެއް!

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީއިން ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ވޯޓު ދެއްވުމަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޕާޓީގެ ރައީސް މުހައްމަދު ނާޒިމް އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މި މަހުގެ 30 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް އިންތިޒާމުކުރެވިފައިވާއިރު، ދެވަަނަ ބުރުގައި ވާދަކުރާ ޕާޓީތަކުންވަނީ ކެމްޕެއިން ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިއަދު ހަވީރުގެ ވަގުތުތަކުގައި ފަހު ކެމްޕެއިން ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. ކެމްޕެއިންގެ ވާދަވެރިކަމުގެ ތެރޭގައި ދެ ކެންޑިޑޭޓުންނަށްވެސް ބޮޑެތި ތުހުމަތުތައް ކުރެވިފައިވާއިރު، ދެވަނަ ބުރުގައި ކޯލިޝަން ޕާޓުނަރެއް ހޯދުމުގައި ކާމިޔާބީ ހާސިލުކޮށްފައިވަނީ ޕީއެންސީއިންކަން ފާހަގަކުރެވެއެވެ.

ނާޒިމް ދެއްވި މެސެޖެއްގައި ވިދާޅުވީ، 30 ވަނަ ދުވަހަކީ ދިވެހި ރައްޔިތުން ގައުމުގެ މުސްތަގުބަލުގެ މިސްރާބު ކަނޑައަޅާ ދުވަސްކަމަސެވެ. އެހެންކަމުން ފަސް އަހަރުގެ ދައުރަކަށް ރައީސަކު ހޮވާއިރު ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ވިސްނުން ގެންގުޅުއްވަންޖެހޭނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން އޮތީ ނާޒުކު ފައްތަރެއްގައިކަމަށާއި، މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަމަށްވެސް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، ރާއްޖެއަށް އުފަންވާ ކޮންމެ ކުއްޖަކުގެ ބޮލުގައިވެސް ދެ ލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދެއްގެ ދަރަންޏެއް އެޅިފައިވާކަމަށެވެ.\

ޖިންސީ ގޯނާ ފަދަ މައްސަލަތަކާއިމެދު ނާޒިމްވަނީ މި ފުރުސަތުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެފަދަ އަމަލުތައް މި ސަރުކާރުގައި މައްސަަލައަކަށް ނުވާކަަމަށާއި ބޮޑެތި ކުށްތަކަށް އަރައިގަނެފައިވާ މުޖުރިމުންނަށް މިނިވަންކަން މަތީ އުޅުމުގެ ފުރުސަތުވެސް ސަރުކާރުން ފަހިކޮށްދީފަިއވާކަމަށެވެ. އެހެންކަމުން 30 ވަނަ ދުވަހު އަޅާ ވޯޓުގައި ގައުމު އިސްކުރެއްވުމަށް އިލްތިމާސްކުރައްވާކަމަށާއި ޒާތީކަން ދޫކޮށްލެއްވުމަށްވެސް ނާޒިމް ގޮވާލެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: