ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ މަސައްކަތް ނުނިމޭތީ މާދަމާވެސް ބަންދު

ރިޔާސީ އިންތިހާބުގެ ހިރިޔާ ސްކޫލުގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލުން ބަންދު ކުރުމަށްފަހު، އޮފިޝަލުން ވޯޓު ގުނަން ތައްޔާރު ވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހިނގާ އޮކްޓޫބަރު މަހުގެ 2 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހެނދުނު ނެރުއްވި ދެންނެވުމުގައިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ސެޕްޓެންބަރު މަހުގެ 30 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ޙަރަކާތްތެރިވި ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީ، އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހަކީވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައި ވާތީ ކަމުގައިވެސް ދެންނެވުމުގައިވެއެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާއިރު، ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމަށް ރައްޔިތުން އިންތިހާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑީޑޭޓު ޑރ މުހައްމަދު މުއިއްޒެވެ. ޑރ މުއިއްޒަށް ލިބިވަޑައިގެންނެވީ 127،332 ވޯޓެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: