ހުޅުމާލެ ފޭސް 3 ގެ ސައިޓް އޭގެ 70 އިންސައްތަ ހިއްކާ ނިމިފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.
އާބަންކޯއިން ބުނީ އަދި މި ހަފްތާގެ ހުކުރު ދުވަހަށް ފޭސް ތިނެއްގެ ސައިޓް އޭ އެއްކޮށް ހިއްކާ ނިންމާލެވޭނެކަމަށެވެ.
ސައިޓް އޭ އަށްފަހު ހިއްކުމަށް ހަމަ ޖެހިފައިވަނިީ ސައިޓް ބީ ކަމަށާއި، އެހެންކަމުން ސައިޓް ބީގެ މަސައްކަތް ފެށުމަށް އެސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް، އެ ސަރަހައްދުން ވީހާވެސް އަވަހަކަށް ނެންގެވުމަށް އެކުންފުނިން އެދެއެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކި މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ކަމަށާއި، އެގޮތުން ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫޢުއް ކަމަށްވެސް އާބަންކޯއިން ބުނެއެވެ.

