ބޮމާއި ވަޒަނުގެ ވާރޭގެ ތެރެއިން ގާކުމޑިތަކުން ފިލައިގެން ފަލަސްތީނަށް އެހީވުމުގައި މަސައްކަތް ކުރަމުންދާކަމަށް ނޭޝަލް އެއިޑް ކެމްޕޭން (އައިއޭސީން) ވިދާޅުވެއްޖެއެވެ.
”ސަންގުޓީވީގެ ނިއުސްރޫމުގަ“ ވާހަކަފުޅު ދައްކަވަމުން އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަން އޮފިސާރ މުހައްމަދު ވިދާޅުވީ، ދިރޭ އެއްވެސް ހަރަކާތެއް ފެނިއްޖެނަމަ ބޮން އަޅަމުންދާ ފަލަސްތީނުގެ ސަރަހައްދުތަކުގެ ތެރެއަށް ކާބޯތަކެއްޗާއި އެހެނިހެން ތަކެތި އެތެރެކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރުވެސް އެޖަމިއްޔާގެ ކޯލިޝަނުގެ ފަރާތުން އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާ ކަމަށާއި، އަށް މަސްދުވަހަށްވާވަރަށް ސަޕްލައި މިހާރުވެސް އެބަހުރި ކަމަށެވެ.
މިތަކެތި ފަލަސްތީނުގެ ރައްޔިތުންނަށް ފޯރު ކޮށްދެއްވަމުންދަނީ އައިއޭސީގެ ކޯލިޝަނުން ކަމަށެވެ. އެއީ ފުލް ބޮލޮކޭޑަކަށް ފަލަސްތީނުގެ ރައްޔިތުންގޮސްފި ކަމުގައިވާނަމަ އެ ހާލަތުގައި ބޭނުން ކުރެވޭ ގޮތަށް ބެހެއްޓިފައިވާ ތަކެތި ކަމަށްވެސް ވިދާޅުވިއެވެ.
”އެންމެ ބޮޑު ބޭނުމަކީ ގާކުޑިތަކުގެ ތެރެއިން ގޮސް އެއާއިލާތަކަށް އެހީ ފޯރުކޮށްދިނުން. ދިރޭ އެއްވެސް ހަރަކާތެއް ފެނިއްޖެ ނަމަ ބޮންއަޅާނެ ހާލަތުގައި މިހާރު ގާޒާ އެއޮތީ. މިހާރުވެސް އިރާދަ ކުރެއްވިއްޔާ އާދައިގެ ބޭނުންތަކަށް ގޮދަަޑި ބްލޭންކެޓްސް، ހަލާކުނުވާ ޒާތުގެ ކާތަކެތި އެބަހުރި. މުހައްމަދު ވިދާޅުވިއެވެ.
އިތުރަށް މުހައްމަދު ވިދާޅުވީ މިހާރު އެ ސަރަހައްދުގައި އޮތީ ހަނގުރާމަ އިއުލާން ކޮށްފައިކަމަށާއި، އެންމެފަހުން ހަގުރާމަ އިއުލާންކޮށްފައި އޮތީ 1973 ގައި ކަމަށެވެ. ހަނަގުރާމަ އިއުލާން ކުރުމާއެކު ބޭނުންގޮތަކަށް ހަނގުރާމަ ކުރުމުގެ ބާރު އެމީހުންނަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
”ކަނޑުމަގުންނާއި އެއްގަމު މަގުންނާއި، ހަމަލާދެމުންދަނީ. ގާޒާގެ ރައްޔިތުންތިބީ ދޫދޭގޮތަކަށްނޫން.“ މުހައްމަދު ވިދާޅުވިއެވެ.
އެހެންކަމުން އައިއޭސީ ވެސް ތިބީ މުސްލިމުންގެ ހައިސިއްޔަތުން ދޫދޭ ގޮތަކަށްނޫން ކަމަށެވެ. އޮކްޓޯމްބަރު 7 ގައި ފެށުނު ހަނގުރާމައާއި އެކު ތިން ހޮސްޕީޓަލެއްގެ ނަރުހުންނަށާއި، ޑޮކްޓަރުންނަށް ޖުމްލަ 1500 ފަަރާތެއް ހިމެނޭހެން ހޮޓްމީލްސް ބަހާފައިވާ ކަމަށާއި، އަދި ފަލަސްތީނުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ގާޒާގެ އަލް ޝިފާ ހޮސްޕީޓަލުގައި، ދިވެހި ރައްޔިތުންގެ ނަމުގައި 2022 ވަނަ އަހަރު އައިސީޔޫ ވޯޑެއްވެސް ހަދާފައިވާ ކަމަށް މުހައްމަދު ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާގޮތުން ގާޒާ އިޒުރޭލުގެ އަޅުވެތިކަމަށް އައިސްފައިވަނީ މީގެ 75 ވަރަކަށް އަހަރު ކުރިންނެވެ. އޭގެފަހުން އިޒްރާއިލުން ދަނީ އެކިފަހަރުމަތިން ހަނގުރާމަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެންމެފަހުން އިޒްރާއީލާއި، ފަލަސްތީނު ދެމެދުގައި ހަނގުރާމަ ކޮށްފައިވަނީ 2021 ވަނަ އަހަރުގައެެވެ. ނަމަވެސް މަޝްވަރާތަކާއިއެކު ވަނީ މަޑުޖައްސާލާފައެވެ.
އަނެއްކާވެސް ހަނގުރާމަ ފަށާފައިވާއިރު ފަލަސްތީނުގެ އެތައްބަޔަކުވަނީ ޝަހީދު ކޮށްލާފައެވެ. އެގޮތުން ގިނައަދަދެއްގެ ނޫސްވެރިންނާއި، އާންމު އެތައްބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ.

