ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުގެ ކޮމިޓީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމަށް ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް ނިންމައި އެ މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލަ ކޮމިޓީއަށް ފޮނުވީ 40 މެމްބަރުންގެ ވޯޓާއެކުއެވެ. ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ފެށީ މިދިޔަ އޭޕްރީލް މަހުއެވެ. ނަމަވެސް ކަސްޓަމަރުންގެ އަތުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމުން ކޮތަޅު ބޮނޑިއެއްގެ އަގު ކުރިއަށް ވުރެ ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑު ކިއުން ސަރުކާރަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނު ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ވަނީ ހިމަނައިފައެވެ. ނަމަވެސް އެ ބިލު މަޖިލީހުން ފާސްވެގެން އައި އިރު އެ މާއްދާ އޮތީ އުނި ކޮށްފައެވެ. އެހެންކަމުން އަލުން އިސްތިސްނާ ހާލަތްތައް ބަޔާންކޮށް ބިލު ވަނީ ހުށަހަޅައިފަ އެވެ.

މީގެއިތުރުން އެ ބިލުގެ ބަހުސް ކުރިއަށް ދިޔައިރު ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ކޮތަޅުން ނަގާފީ ބައި ރުފިޔާއަށް ކުޑަކުރަންވެސް ހުށަހަޅުއްވައިފައެވެ. ހަމަ އެހެންމެ ގަނޑުކޮށް ކޮތަޅު ގަތަސް ގަނޑުކުރި މަސް ނުވަތަ ރޯމަސް ފަދަ ތަކެތި އެޅުމުގެ ބޭނުމަށް ގަންނަ ކޮތަޅުން ޓެކްސް އިސްތިސްނާ ކުރުން ވެސް އޭނާ ހުށަހެޅުއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: