ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ރޯޑް ރޭހުގައި ބައިވެރިވި ކުޑަކުދިންނަށް ހާއްސަ ރަނިންގ ކްލިނިކެއް!

ދިރާގު ރޯޑް ރޭހުގައި ބައިވެރިވި ކުޑަކުދިންނަށް ހާއްސަ ރަނިންގ ކްލިނިކެއް/ ފޮޓޯ: ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގެ ކޯޗިންގ ޕާޓްނަރެއްކަމަށްވާ ސާއިދު ސްޕޯޓްސްއާއި އެކު ކުޑަކުދިންނަށް ހާއްސަ ރަނިންގ ކްލިނިކެއް ބޭއްވުމަށް ދިރާގުން ނިންމައިފި އެވެ.

ޑީއެމްއާރްއާރްގެ 13 އަހަރުން ދަށް އަދި 13 އަހަރުން މަތީގެ ސްކޫލް 5K ކެޓެގަރީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މި ރަނިންގ ކްލިނިކް ކުރިއަށް ދާނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:30 އިން 5:45 އަށް މާލޭ ރަނިން ޓްރެކްގައެވެ. މި ރަނިންގ ކްލިނިކްގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް އެކަމަށް ހާއްސަކޮށްފައިވާ ލިންކު މެދުވެރިކޮށް ރެޖިސްޓްރީ ކުރެވޭނެ އެވެ.

މި ރަނިންގ ކްލިނިކުން ދަރިވަރުންނަށް ސާއިދު ސްޕޯޓްސް އާއި ދިރާގު ބްރޭންޑް އެމްބެސެޑަރ އަދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ ފަރާތުން ކޯޗިންގ އިރުޝާދު ލިބޭނެއެވެ. މީގެ އިތުރުން، ޑީއެމްއާރްއާރް 2023 ގެ މެޑިކަލް ޕާޓްނަރ، ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހާއްސަ ސެގްމަންޓެއްވެސް ކުރިއަށްދާނެއެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ޑރ. އިބްރާހިމް އިޔާޒު ދުވުމާއި ސިއްހަތާ ގުޅޭ ގޮތުން ތަފާތު ޓިޕްސް ބައިވެރިންނަށް ކިޔައިދޭނެއެވެ.

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުންކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޫބަރު 2023 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކްގައެވެ. 4000  އަށް ވުރެ ގިނަ  ބައިވެރިންނާއެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތުވެސް ދުވުންތެރިންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން 5 ކިލޯމީޓަރ އަދި 10 ކިލޯމީޓަރ ދުވުން ވެސް އޮންނާނެއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމެވެ. އަދި މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: