ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޕީޖީ ޖަޒުބާތުގައި ޖެހިފަ؛ ނަޝީދުގެ މައްސަލައިގައި މުއިއްޒުގެ ކެބިނެޓަށް ވެސް ”ނޯ“!

ހިތަދޫ އުތުރު ދާއިރަގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުން ދުރު ކުރުމަށް ނަގާ ވޯޓަށް ފުރުސަތު ނުދޭނަމަ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ފަހު އައްޔަނު ކުރައްވާ ކެބިނެޓަށް ރުހުން ނުދޭނެކަމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅީ އެ ޕާޓީއަށް ރިއާސަތުގެ ކޮންޓްރޯލް ބޭނުންވާކަމަށް ބުނެ އެވެ. އަދި އިންތިހާބުގެ ނަތީޖާގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ނަޝީދުކަމަށް ވެސް އެބޭފުޅުން ގަބޫލު ކުރައްވަ އެވެ.

އަންނަ އާދީއްތަ ދުވަހަށް އިތުބާރު ނެތްކަމުގެ ވޯޓު ތާވަލު ކުރިނަމަވެސް އުފެދޭ އެންމެ ބޮޑު ސުވާލަކީ ރައީސް ނަޝީދު އެކަމަށް ޖާގަ ދެއްވާނެތޯ އެވެ. މީގެ ކުރިން ވެސް ނިޒާމު ގެއްލުވާލައި ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ހުރަސްއެޅުމުގެ ސަބަބުން ވެސް ދަތިތައް ދިމާވި އެވެ.

މި މައްސަލައިގައި މިއަދު ޕާލިމަންޓް ގުރޫޕު ބައްދަލުވުމެއް ބޭއްވުމަށް ފަހު މީޑިއާތަކާ ބައްދަލު ކުރައްވައި މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދު މަގާމުން ދުރު ކުރުމަށް ނަގާ ވޯޓު ކުރިޔަށް ގެންދަން ޖެހޭނެ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް އިންތިހާބީ ރައީސްގެ ހުވައި ގަބޫލު ނުކުރާނެކަމަށް އަސްލަމް ވިދާޅުވި އެވެ.

އަޅުގަނޑުމެން އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ފަރާތުން އެއީ ގާނޫނާ އެއްގޮތުގެ މަތީން ހުވައި ކުރައްވައިގެން ހުންނެވި ރައީސެއްކަމަށް ނުބަލާނަން

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ ބޭފުޅެއް މަގާމުގެ ހުވާ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

މި މައްސަލައިގައި އިތުރު މެމްބަރުން ވެސް ވާހަކަދެއްކެވި އިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންގޮސް ކާމިޔާބު ކުރާނެ ކަމަށެވެ. އަދި އެ ވޯޓަށް ޖާގަ ނުދީ ކުރާ އެއްވެސް މަސައްކަތަކަށް މަޖިލީހުގައި އެއްބާރުލުން ނުދޭނެކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ކެބިނެޓަށް ވެސް ނޯ ޖަހައި، އިތުރު މަސައްކަތް ކުރިޔަށް ނުގެންދެވޭނެކަމަށް މިއަދުގެ ޕްރެސްގައި ވިދާޅުވީ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ. އޭނާ ވެސް ވިދާޅުވީ އެމްޑީޕީން ބޭނުން ވަނީ މި މައްސަލަ ކާމިޔާބު ކުރުމަށްކަމަށާއި، އިތުރު މަސައްކަތަކަށް ޖާގަ ނުދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 43%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: