ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕަލިބޫ ފައިވާން ފިހާރަ ހުޅުވައިފި! ވިޔަފާރިކޮށްގެން އައިފޯނެއް

ޕަލިބޫ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕަލިބޫގެ ނަމުގައި މާލޭގައި ފައިވާން ފިހާރައެއް ހުޅުވައިފި އެވެ.

ގިނަ އަދަދެއްގެ މަޝްހޫރު ބްރޭންޑުތަކުން ސާމާނު ޑިސްޕްލޭކޮށް އަލަށް ހުޅުވާފައިވާ ޕަލިބޫއިން ސަންގަށް މައުލޫމާތު ދީފައިވާގޮތުން، އެ ފިހާރަ ހުޅުވާފައިވަނީ ހުރިހާ އުމުރުފުރައިގެ މީހުންނަށް ވެސް ހިދުމަތް ދިނުމުގެ އަމާޒުގައެެވެ. ޕަލިބޫ އިން ބުނެފައިވާގޮތުން އެ ފިހާރައިގެ ކަސްޓަމަރުންނަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމެއްވެސްވާކަމަށެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް ހިލޭ ބައިވެރިވެވޭ އިރު، އަހަރެއްގެ މައްޗަށް ކުރާ ވިޔަފާރީގެ މައްޗަށް ބިނާކޮށް ޑިސްކައުޓު ލިބޭ އަދަދުތައް އިތުރުވުމާއި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

ޕަލިބޫއަށް އަލަށް ވިޔަފާރި ކުރަން ވަޑައިގަންނާ މީހާއަށްވެސް ބައިވެރިވެވޭނެ ގޮތަށް އެކުލަވާލާފައިވާ މި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ލިބެނީ ”ލޯޔަލް ޓު ބީޗް“ ލެވަލްއެވެ. ހިލޭ ދަފްތަރުކުރެވިގެންދާއިރު، ފިހާރައިގެ ހުރިހާ މުދަލަކުންވެސް 10 އިންސައްތަ ލިބުމުގެ ފުރުސަތާއި ލަކީ ޑްރޯއެއްގައި ބައިވެރުވުމުގެ އެއް ފުރުސަތުވެސް އަހަރެއްގެ މައްޗަށް ލިބެއެވެ.

ދެވަނަ ގިންތި ނުވަތަ ލޯޔަލް ޓު ލެގޫން ގުރޫޕުގައި ހިމެނޭ ކަސްޓަމަރުންނަށް 15 އިންސައްތަ ޑިސްކައުންޓު އަދި އަހަރެއްގެ މައްޗަށް ދެ ލަކީ ޑްރޯ ފުރުސަތު ލިބޭއިރު، ލޯޔަލް ޓު އޯޝަން ކަސްޓަމަރުންނަށް 20 އިންސައްތަ ޑިސްކައުންޓާއި ލަކީ ޑްރޯގައި ބައިވެރިވުމުގެ 4 ފުރުސަތު ލިބޭކަމަށް ޕަލިބޫއިން ބުނެފައިވެއެވެ. އެ ފިހާރައިން ބުނެފައިވާގޮތުން ވީއައިޕީ ކަސްޓަމަރުންނަށް 30 އިންސައްތަ ޑިސްކައުންޓު އަދި އަހަރެއްގެ މައްޗަށް 10 ލަކީޑްރޯ ފުރުސަތު ލިބޭނެއެވެ.

މީގެ އިތުރުން އެ ފިހާރައިގެ އެންމެ މަތީ އަގުތައްވެސް 450 ރުފިޔާގައި ހިފަހައްޓާފައި ހުރުމުން އަތް ފޯރާ އަގުތަކުގައި ލިބެން ހުންނާނެކަމަށްވެސް ޕަލިބޫއިން ބުނެފައިވެއެވެ. އަދި ފިހާރަ ހުޅުވުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާކަމަށާއި އެ ޕްރޮމޯޝަންގެ ދަށުން ޕަލިބޫއިން ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވިޔަފާރިކުރައްވާ ކޮންމެ މީހަކަށްވެސް އައިފޯނެއް ހޯއްދެވުމުގެ ފުރުސަތު ލިބިގެންވާކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: