އިޒްރޭލުން ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނަށް ދެމުންދާ ލާއިންސާނީ އަނިޔާ ދިވެހި މައިން ދެކޮޅުކަން ހާމަ ކުރުމުގެ ގޮތުން އިޒްރޭލުން ޝަހީދުކުރަމުންދާ ކުޑަކުދިންގެ ހައްގުގައި ހިނގާލުމެއް ބާއްވައިފިއެވެ.
މި ހިނގާލުން އޮތީ ހުކުރު ދުވަހުގެ ހަވީރެވެ.
މިއީ އިސްރާ އެސޯސިއޭޝަނުން އިސް ނަގައިގެން އިތުރު އެެހެން ޖަމިއްޔާތަކާ ވެސް ގުޅިގެން ބޭއްވި ހަރަކާތެކެވެ.
މި ހިނގާލުމުގެ ބައިވެރިން ހަރަކާތް ކުރިޔަށް ގެންދިޔައީ ތުއްތު ކުދިން ޝަހީދުވެފައިވާ މަންޒަރު ދައްކުވައިދިނުމުގެ ގޮތުން ހުދު ފޮތިގަނޑުން ކަފުންކޮށްފައިވާ ގޮތަށް ގަބުރުތައް ހިފައިގެން ތިއްބެ އެވެ. އިޒްރޭލުން ދަނީ މެދުކެނޑުމެއް ނެތި ފަލަސްތީނުގެ ގިނައަދަދެއްގެ ބަޔަކު ޝަހީދު ކުރަމުންނެވެ.
އެގޮތުން އޮގަސްޓް 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ މި ހަމަލާ ހުއްޓާލުމުގެ ވިސްނުމުގެ ކޮޅުމައްޗެއް ވެސް އަދި ނުފެނެއެވެ.
މި ހަނގުރާމައިގައި މިހާރު ފަލަސްތީނުގެ ޖުމްލަ ދިހަހާހާއި ގާތް ކުރާ އަދަދަށް މީހުން ވަނީ ޝަހީދުވެފައެވެ.
ޝަހީދުކޮށްލާފައިވާ ކުޑަކުދިންގެ އަދަދުވެސް މިހާރު ހަތަރު ހާހާއި ދަނީ ގާތް ކުރަމުންނެވެ.
ޖުމްލަ އެކިވަރުގެ އަނިޔާ ލިބިފައިވާ މީހުންގެ އަދަދު 32,516 އަށް ވަނީ އަރާފައެވެ.
އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ލާއިންސާނީ ހަމަލާތައްދީ އަންހެނުންނާއި ކުޑަކުދިން ޝަހީދުކޮށް ހިންގާ ޖަރީމާއިއިން ފަލަސްތީންގެ ރައްޔިތުންނަށް އަމާންކަން ހޯދުމައްޓަކާއި، ދިވެހިރާއްޖެއިން ދަނީ ބޮޑެތި އެހީތަކެއްވަމުންނެވެ. އާންމުންނާއި ބޮޑެތި ކުންފުނިތަކުން ގިނަ އެހީތަށް ވަމުންނެވެ.
އަދި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖެ އަށް ނާދެވޭނެ ގޮތަށް ހެދުމައްޓަކާއި ފެޓިޝަން އެއްގައި ސޮއިކުރުމުގެ ހަރާކާތެއްވެސް ކުރިއަށް އެބަދެއެވެ.

