ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމިއްޔާތާއި ޖެހެންދެން ހުރެގެން ނަޝީދު މި އުޅެނީ ކީއްކުރަންތަ؟: ނިހާދު

ފޭދޫ ދާއިރާގެ މެމްބަރު މުހައްަމަދު ނިހާދު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ޖެހެންދެން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް ރައީސް މުހައްމަދު ނަޝީދު މަސައްކަތްކުރައްވަމުންދާ ސަބަބާއިމެދު ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ސުވާލު އުފައްދަވައިފިއެވެ.

ރައީސް ނަޝީދު ރިޔާސަތުން ދުރުކުރުމަށް މަޖިލީހުގެ ތެރޭގައި ނާކާމިޔާބުވުމުން އެމްޑީޕީއިންވަނީ އެ މަސައްކަތްތައް ކުރުމަށް މަގުފަހިކުރުމަށް މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ. މަޖިލީހުގެ ނައިބުރައީސް ނެތިވެސް އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމަށް ކޯޓުން ކަނޑައަޅައި މިހާރު އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާވެސް ކުރެވިފައިވާއިރު، ނިހާދު ވަނީ ރައީސް ނަޝީދު ރިޔާސަތުގައި އިންނެވުމަށް ބޮޑު ޝައުގުވެރިކަމެއް ގެންގުޅުއްވަމުންދާ ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ.

އޭނާ ވިދާޅުވީ، އިތުބާރު ނެތްކަމުގެ ވޯޓަށް ހުރަސް އަޅުއްވާނެކަމަށް ރައީސް ނަޝީދު އަދިވެސް ވިދާޅުވަމުންދާކަމަށެވެ. ނިހާދު ވިދާޅުވީ، އެމަނިކުފާނު މަސައްކަތްކުރައްވަމުންދަނީ ގަދަބާރުން މަގާމުގައި ހުންނެވުމަށްކަމަށާއި އިންތިހާބީ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިޔާތާއި ޖެހެންދެން މަގާމުގައި ހުންނެވުމަށް ބޭނުންވެވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

https://x.com/nihad_m/status/1722655262975332506?s=20

ނިހާދު ވިދާޅުވީ، ރައީސް ނަޝީދު ޑރ މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ރިޔާސަތުގައި ހުންނެވުމަށް ބޭނުންވެވަޑައިގަންނަވާ ސަބަބު ދެނެގަންނަންޖެހޭކަމަށާއި އެމަނިކުފާނު ކުރައްވަން ރާވާފައިވަނީ ކޮން ކަމެއް ކަމާއިމެދުވެސް އޭނާ ސުވާލު އުފެއްދެވިއެވެ. ނިހާދު ވިދާޅުވީ، ރައީސް ނަޝީދު ނުކުރާނެ ކަމެއް ނޯންނާނެކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: