އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބުމާއި ގުޅޭގޮތުން އުފެދިފައިވާ މައްސަލަ އަކީ މަގުމަތިން ހާސިލް ކުރެވޭނެ މައްސަލައެއް ނޫން ކަމަށާއި، އެ މައްސަލަ ހާސިލް ކުރެވޭނީ އިންޑިޔާ އާއި، ގާތުން ވާހަކަ ދައްކައިގެން ކަމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ޕީއެއެސްއެމްގެ ނިއުސްގެ ދިވެހީންގެ ރާއްޖެ ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޑރ. މުއިއްޒު ވިދާޅުވީ ދިވެހިން ނިންމާފައިވާ ގޮތަށް ވެރިކަމުގެ ނިޒާމުގެ ތެރެއިން މިހާރު މި މަސައްކަތް ކުރަނީ އިންޑިއާ ސިފައިން ރާއްޖެ ފޮނުވާލުމާއި ގުޅޭ މަސައްކަތް ކަމަށެވެ. އެގޮތުން އިންތިގާލީ މި މަރުހަލާގެ ތެރެއިންވެސް އިންޑިއާ ސިފައިންނާއި ދެ ފަހަރަށް ބައްދަލު ކޮށް ވާހަކަދައްކާފައިވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އިންޑިއާގެ ސިފައިންނާއި، ބައްދަލުކޮށް ދެއްކެވި ވާހަކަތައް ހުރީ ވަރަށްވެސް ސުލްހަ ވެރި ކޮށް ކަމަށާއި، ރައްޔިތުން އެދޭ މަގުން މިކަން ނިންމާލެވޭނެ ގޮތަށް ކަމަށެވެ. ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭކަަށް ދިވެހިން ބޭނުމެއްނުވާ ކަމަށާއި، ގައުމު ހިންގާނީ ގައުމުގެ ރައްޔިތުން އެދޭ މަގުން ކަމަށެވެ. އެހެންކަމުން މި މަސައްކަތުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށެވެސް ވިދާޅުވިއެވެ.
މީގެ ކުރިން ޑރ. މުއިއްޒު ވިދާޅުވީ އެ ކޯލިޝަނުގެ ވެރިކަމެއްގައި ވަކި ގައުމަކާ ދުޝްމަންވުމުގެ ސިޔާސަތެއް ނޯންނާނެ ކަމަށެވެ. އިންޑިއާ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެފައިވާ ކަމަށް ބުނެ ވާހަކަ ދެކެވެން ފެށީ ރައީސް ޔާމީން ޖަލަށް ގެންދުވުމާއިއެކު ރައީސް ޔާމީންގެ ސަޕޯޓަރުންނެވެ.
”އިންޑިއާ އައުޓް“ ނަމުގައި ބޭނާތައްދަމާ މުޒާހަރާތައް ކުރިއެވެ. ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ވެރިކަމަށް ގެންނަންވެސް ޕީޕީއެމްގެ ސަޕޯޓަރުން ޑރ. މުއިއްޒުގެ ކިބައިން އެދިލެއްވީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ ފުރުސަތު ދިނުމަށެވެ.
އިތުރަށް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލެވޭނީ ވާހަކަ ދައްކައިގެން ސުލްހަވެރި ކަމާއި އެކުގައި ކަމަށްވާތީ ސިފައިން އެ ގައުމަށް ފޮނުވާ ލުމަށްފަހު ރާއްޖެއާއި، އިންޑިއާއި އެކު މަސައްކަތް ކުރެވޭނެ ކަމަށެވެ.

