ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާރިޖީ ދާއިރާގެ ފާހަގަކުރެވޭ ހިދުމަތްތަކެއް މި ސަރުކާރަށް ވަނީ ކުރެވިފައި: ރައީސް ސާލިހު

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހާރިޖީ ދާއިރާގެ ފާހަގަކުރެވޭ ހިދުމަތްތަކެއް މި ސަރުކާރަށް ކުރެވިފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިއީ ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފުގެ ނަމުގައި ޝަރަފެއް އެރުވޭ ފުރަތަމަ ފަހަރުކަމަށެވެ. އެނެމްކަމުން މިއީ ރާއްޖޭގެ ހާރިޖީ ދާއިރާގައި ވަރަށް ފާހަގަކުރެވޭ ދުވަހެއްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. މި ޝަރަފުގެ މަގްސަދަކީ ރާއްޖޭގެ ހާރިޖީ ދާއިރާގައި ދިގު މުއްދަތަށް ހިދުމަތް ކުރައްވާ، ފާހަގަކުރެވޭފަދަ ހިދުމަތް ކޮށްދެއްވާ މުވައްޒަފުންގެ އަގު ވަޒަން ކުރުންކަމަށާއި، އަދި ހާރިޖީ ދާއިރާގެ މުވައްޒަފުން ހިދުމަތުގައި ދެމިތިއްބެވުމަށް އިތުރު ހިތްވަރެއް ދީ ޝައުގުވެރިކަން އިތުރުކުރުންކަމަށެވެ.

މިއަދު މި ޝަރަފު އެރުވި ދެ ބޭފުޅުންނަކީ މި ޝަރަފު އެރުވޭ ފުރަތަމަ ދެބޭފުޅުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެއީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލް އަދި ފޮރީން ސެކެޓްރީ އަހުމަދު ލަތީފްއެވެ. ރައީސް ވަނީ ދެބޭފުޅުންނަށް މަރުހަބާ ދަންނަވާ، އެ ދެބޭފުޅުން ކޮށްދެއްވާފައިވާ މަސައްކަތްތައްވެސް  ފާހަގަ ކުރައްވާފައެވެ. އަދި ދެ ބޭފުޅުންގެ ދައުުރު ބޭރު ދުނިޔޭގައި ރާއްޖެ ތަމްސީލުކުރުމުގައި ބޮޑުކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ކުރާ މަސައްކަތުގައި ދެބޭފުޅުންކަން ފަރުވާތެރިކަން ފާހަގަކޮށް، ރައީސް ވަނީ ތައުރީފް ކުރައްވާފައެވެ.

ވަކިން ހާއްސަކޮށް އެކި ކަންކަމާއި ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން ރާއްޖެއަށް ހޯދުމުގައި އަހުމަދު ހަލީލް ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފަ. އަހުމަދު ލަތީފްއަކީވެސް ރާއްޖޭގެ ހާރިޖީ ހިދުމަތުގެ ދާއިރާގައި ހަމަ އެހާމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް.

ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މިދިޔަ 5 އަހަރު ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް، ރައްކާތެރިކުރުމުގެ މައްޗަށްކަމަށެވެ. އެ ސިޔާސަތު ދަމަހައްޓާ، ތަންފީޒް ކުރެއްވުމަށް ދެބޭފުޅުންވެސް ފުރިހަމަ އެއްބާރުލުން ދެއްވާފައިވާކަން ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހިދުމަތުގެ ދާއިރާއަށް 2022 ވަނަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު ބަދަލެއް މި ސަރުކާރުން ގެނައިސްފައިވާނެކަމަށާއި، އެއީ ސިވިލް ސަރވިސްގައި ނުހިމެނޭ މުޅިން ވަކި، ހާއްސަ ގާނޫނަކުން ބާރު ލިބިދޭ ހިދުމަތެއްގެ ގޮތުގައި ދިވެހި ފޮރިން ސަރވިސް ހަމަޖެއްސުންކަމަށް ވިދާޅުވިއެވެ. މި މުހިންމު ބަދަލު ގެނައީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ކަނޑައަޅާ ހާރިޖީ ސިޔާސަތުތައް ދެމެހެއްޓުމަށް ރައީސުލްޖުމްހުރިއްޔާކަމުގައި ހުންނަވާ ބޭފުޅަކަށް އެއްބާރުލުން ދިނުމަށްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

2018 ވަނަ އަހަރު އެމްޑީޕީއިން ވެރިކަމާއި ހަވާލުވީއިރު، ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ އޮތީ ވަރަށް އެކަހެރިވެފައިކަން ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއިއެކު އާއި އިސްލާމީ ބައެއް ގައުމުތަކާއިވެސް ގުޅުން އޮތީ ކެޑިފައިކަމަށެވެ. އެއީ ދިވެހިންނަށް ލިބުނު ނިކަމެތިކަމެއްކަމަށްވާތީ، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަށް އިތުބާރާއި ޔަގީންކަން އަލުން އަނބުރާ ހޯދުމަށް ވަރަށް ގިނަ މަސައްކަތަކެއް މި ސަރުކާރަށް ކުރަން ޖެހުނުކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. މި މަސައްކަތުގައި ފޮރީން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތް ރައީސް ސާލިހު ފާހަގަކުރެއްވިއެވެ. އަދި ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާ އެހެން ބޭފުޅުންގެ މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތުގައި ފުރަބަންދުގައި އޮތްއިރުވެސް، ހާރިޖީ މަސައްކަތްތައް ކުރެއްވި ބޭފުޅުންގެ ބުރަ މަސައްކަތްވެސް ރައީސް ސާލިހު ވަނީ ފާހަގަކުރައްވާފައެވެ. ބޭރު ގައުމުތަކުގައި ހުރި ރާއްޖޭގެ މިޝަންތަކުގައި ތިބި ބޭފުޅުންގެ ވަރަށް ބޮޑެތި އެހީތައް ލިބިގެން ދިޔަކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން ބޭރުގައި ތިބި ދިވެހި ރައްޔިތުންގެ ހާލު ބައްލަވައި، އަދި ބޭރުން ހޯދަން ޖެހޭ ބޭސް ފަރުވާއާއި ގުޅޭ ކަންކަން ކުރުމުގައިވެސް މި ބޭފުޅުންގެ އެހީ ލިބިގެންދިޔަކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: