ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކޮށްގެން އައިފޯން 15 ޕްރޯ މެކްސް ހޯދުމުގެ ފުރުސަތު!

ޕްރިޕެއިޑް ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކޮށްލައިގެން އައިފޯން 15 ޕްރޯ މެކްސް އަދި އަގުހުރި އެތައް އިނާމުތަކެއް ހޯދުމުގެ ފުރުސަތު!
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީޗާރޖްކޮށްގެން ޚާއްސަ ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަނެއް އިއުލާންކޮށްފިއެވެ.

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހަފްތާއަކު ހާއްސަ ހަދިޔާ އެއް ލިބޭ އިރު ޕްރޮމޯޝަން ގެ ގްރޭންޑް ޕްރައްޒް ގެ ނަސީބުވެރިފަރާތައް އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތުވެސް މި ޕްރޮމޯޝަން އިން ވަނީ ހުޅުވާލާފައެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށެވެ. އުރީދޫ އެޕް މެދުވެރިކޮށް 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާރޖް ކުރައްވާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނެގޭ ގުރުއަތަކުން ކޮންމެ ހަފްތާ އެއްގެ ނަސީބުވެރި ފަރާތް އަދި ޑިސެމްބަރު ނިމުމުން ގްރޭންޑް ޕްރައިޒްގެ ނަސީބުވެރި ފަރާތް ހޮވިގެންދާނެއެވެ. އެމް-ފައިސާ މެދުވެރިކޮށް ރިޗާރޖް ކުރައްވާ ފަރާތްތައްވެސް މި ޕްރޮމޯޝަންގައި ހިމެނިގެންދާނެއެވެ.

މިގޮތުން ރީޗާރޖް ކުރައްވާ ފަރާތްތަކުގެ ވީކްލީ އަދި ގްރޭންޑް ޕްރައިޒް ގެ ގޮތުގައި ހަމަ ޖެހިފައިވާ އިނާމު ތަކަކީ:

ޕްރޮމޯޝަން ގެ މުއްދަތުގައި 20ރ އާއި އެއަށްވުރެ މަތިން ރީޗާރޖް ކުރައްވާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ”ގްރޭންޑް ޕްރައިޒް ވިނަރ“ ގެ އިނާމުގެ ގޮތުގައި އައިފޯން 15 ޕްރޯ މެކްސް އެއް ލިބިގެންދާނެއެވެ.

އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ”ވީކްލީ ވިނަރ“ ގެ އިނާމުގެ ގޮތުގައި މޫލީ މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 8، ވާވޭ ވޮޗް ބަޑްސް، ގާމިން ވެނޫ އެސްކިއު – މިއުޒިކް، އެޕަލް އެއާޕޮޑްސް ޕްރޯ ޖެން2، ސެމްސަންގް ގެލެކްސީ ވޮޗް 5، ސެމްސަންގް ގެލެކްސީ ބަޑްސް 2 ޕްރޯ، އެޕަލް މެގް ސޭފް ޑުއޯ ޗާޖަރު ނުވަތަ އިންސްޓެކްސް މިނީ 40 އެއް ލިބިގެންދާނެއެވެ.

އުރީދޫ އެޕް ވަނީ ދާދި ފަހުން ސުޕަ އެޕަކަށް އަޕްގްރޭޑްކޮށް، ގިނަ ހިދުމަތްތަކެއް އެއް ޑިޖިޓަލް ފުރާޅެއްގެ ދަށުން އެންޑް ޓު އެންޑް ސޮލިއުޝަނެއް ފޯރުކޮށްދީ އެޕް ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: