ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒުގެ ސަރުކާރުގެ ތިމާވެއްޓާއި ހަކަތަ އަދި ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ މެނިފެސްޓޯގައި ގިނަ ދާއިރާ ތަކެއް ހިމަނާފައިވާއިރު އޭގެތެރެއިން ތިމާވެއްޓާއި ހަކަތަ އަދި ދެމެހެއްޓެނިވި ތަރައްގީއަކީ ވެސް އެކަމަށް ވަކި ހާއްސަ ސަމާލުކަމެއް ދެއްވާފައިވާ ދާއިރާއެކެވެ. އެގޮތުން ތިމާވެއްޓާއި ހަކަތަ އަދި ދެމެހެއްޓެނިވި ތަރައްގީއަށް މެނިފެސްޓޯގައި ކަންކަން އެކުލަވާލައިފައިވެއެވެ.

އޭގެތެރެއިން ގޭބިސީތަކުގެ ކަރަންޓު ބިލު ކުޑަކުރުމާއި އިޔާދަނުކުރެވޭ ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް އެޅޭ ބާރެއްގެ ގޮތުގައި، ގޭގޭގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށް ކަރަންޓް ބިލު ކުޑަކުރުމުގެ ފުރުޞަތު އަމިއްލަ ފަރުދުންނަށް ހުޅުވާލުން.

ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވި ހަކަތައިގެ މައްޗަށް، ކުރިއަށްއޮތް 5 އަހަރުގެ ތެރޭގައި، ބަރޯސާކުރުމަށް ޤައުމީ ފެންވަރުގައި އަމާޒުހިފުން، އަދި އެކަމަށް އެކަށޭނަ ދައުރުވާ ފަންޑެއް ޤާއިމުކުރުން.

’ފަސް އަހަރުން ފަސް މިލިއަން ގަސް‘ އިންދުމުގެ ޕްރޮގްރާމެއް، ޤައުމީ ފެންވަރުގައި ހިންގުން.

އދ. ގެ ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ގޯލް 12 ރާއްޖެއިން ފުރިހަމަ ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ކަނޑަށް އުކާލެވޭ ޕްލާސްޓިކުގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުން މަދުކުރުމަށް އެޅޭ ބާރެއްގެ ގޮތުގައި، ރާއްޖޭގައި ޕްލާސްޓީކް ކުނި ރީސައިކަލް ކުރުމުގެ މަރުކަޒެއް ޤާއިމުކުރުން.

ތިމާވެށްޓާއި ރަޙްމަތްތެރި އެކި ސާމާނާއި އުޅަނދުފަހަރުން ނެގޭ އިމްޕޯޓް ޓެކްސް ކުޑަކުރުން.

ރާއްޖޭގެ އިތުރު 3 ސަރަޙައްދެއް ބަޔޯސްފިޔަރއަކައް ހެދުން.

ދެމެހެއްޓެނިވި އަދި ތިމާވެށްޓާއި ރަޙްމަތްތެރި ގޮތްތަކަށް ކުނި ނައްތާލުމުގެ މުހިންމު މަސައްކަތުގައި، އަތޮޅާއި ރަށު ފެންވަރުގައި، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާރކް، ތިމާވެށްޓަށް ލިބޭ ފައިދާގެ އިތުރުން ރައްޔިތުންނަށް ނަފާއާއި މަންފާ ލިބޭނެގޮތަށް، ޤައިމުކުރުން.

ރަށްގިރުން ހުއްޓުވުމާއި އަދި ތިމާވެށި ހިމާޔަށްކޮށް ބެލެހެއްޓުމަށްޓަކައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ތިމާވެށި ބަލަހައްޓާނެ އޮފިސަރުން ތަމްރީންކޮށް، ރަށު ކައިންސިލުގައި ހިމެނުން.

ޤާނޫނުން ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް ރަނގަޅަށް ބެލެހެއްޓުމަށް ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިވެހީންނަށް ލިބެމުންދާ ގެއްލުންތައް ދިރާސާކޮށް، ދެނެގަނެ، ބައިނަލްއަޤްވާމީ މުޖްތަމައުގައި އެކަމާމެދު އަޑުއުފުލުމަށް އިތުރު ހިތްވަރެއްގެގޮތުގައި، ދިވެހި ޒުވާނުން މިދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރަން ފުރުޞަތު ހޯދައިދިނުން.

ސަރުކާރުގެ ޕްރޮކިއުމަންޓް ސިޔާސަތު މުރާޖަޢާކޮށް، ތިމާވެށްޓާ ރަޙްމަތްތެރިކުރުވާ، އޭގެތެރެއިން ސަރުކާރު ހިންގުމުގެ ރިކަރަންޓް ޚަރަދު ކުޑަކުރުން.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: