ރައީސުލްޖުމްހޫރިއްޔާ ލިބިގެންވާ ބާރުގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތަށް ކަނޑައަޅުއްވާފައިވާ ޕޮލިސް ބޯޑަށް މެމްބަރުން އައްޔަން ކުރައްވައިފިއެވެ.
މިރޭ ރައީސް އޮފީހުން ޕޮލިސް ބޯޑަށް އައްޔަން ކޮށްފައިވާ މެމްބަރުންނަކީ :
- އަޙްމަދު ޝަރީފް (ގުލްފާމްގެ، ތ.ހިރިލަންދޫ) – ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރު
- ޢާއިޝަތު ނޫރާ މުޙައްމަދު (ހ.ނޫމުތީ) – ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރު
- އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް (ދަފްތަރު. ނަމްބަރ ރސ 535)- ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
- އަޙްމަދު އަޒީމް (ބަގީޗާގެ، ސ.މަރަދޫފޭދޫ) – ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
- އަޙްމަދު ސަޢުދީ (އަލިމަސްގެ، ހއ.ހޯރަފުށި) – ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
- ޙާމިދު ޢަބްދުލްޣަފޫރު (ހ.ޝޭޑީކޯނަރ) - ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު
- އަލްއުސްތާޛާ ޞަފާ ޝަރީފް (ދެތަނޑިމާގެ / ސ.ހުޅުދޫ) – ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު.
މިރޭ ޕޮލިސް ބޯޑަށް މެމްބަރުން އައްޔަން ކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ގެ 75 ވަނަ މާއްދާގެ (ހ) ގެ ދަށުނެވެ. އިތުރު މެމްބަރުން ބޯޑަށް އައްޔަން ކުރުމައްޓަކާއި، ފުލުހުންގެ ހިދުމަތުން އުފައްދާފައިވާ ”ޕޮލިސް ބޯޑު“ ގެ ބައެއް މެންބަރުން ވަނީ ވަކިކުރައްވާފައި ކަމަށްވެސް ރައީސް އޮފީހުން ހާމަ ކޮށްފައެވެ.

