ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަށް ބަދަލެއް ނާދޭ، މަޖިލީހުގެ މެޖޯރިޓީ ކާމިޔާބު ކުރެވޭނެ: ރައީސް

ރައީސް ޑރ މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރައްޔިތުން ތިބީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އެކު ކުރިޔަށް ދިއުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް – ޕީއެންސީގެ އެތެރޭގައި ޖެހުނު މައްސަލަތަކާއި އެކު ރައީސް އަބްދުﷲ ޔާމީން އެ ކޯލިޝަން ދޫކޮށް އައު ޕާޓީއެއް އުފެއްދެވުމުގެ ސަބަބުން ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ސަރުކާރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ އެވެ. އަދި ހާއްސަކޮށް ކުރިޔަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުކަމަށްވުމާއި އެކު މިއީ ވޯޓު ބައިބައިވާނެ ފުރުސަތު އޮތް ހާލަތެއްކަމަށް ވަނީ ލަފާ ކުރެވިފަ އެވެ.

ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ”ސަންގު“ ގެ ނޫސްވެރިޔާ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެމަނިކުފަނުގެ އަމާޒަކީ މަޖިލީހުގެ މެޖޯރިޓީއެއް ކާމިޔާބު ކުރުން ކަމަށެވެ. ސަންގުގެ ނޫސްވެރިޔާ ފާހަގަކުރީ މީގެ ކުރިން މި ނޫހަށް ދިން އިންޓަވިއުއެއްގައި މަޖިލީހުގެ 2/3 ގޮނޑި ކާމިޔާބު ކުރުމަަކީ އެމަނިކުފާނުގެ އަމާޒު ކަމަށާއި ރައްޔިތުންގެ އެ ތާއީދު ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެކަމަކު މިހާރު މި އުފެދުނު ހާލަތުގެ ސަބަބުން ވޯޓު ބައިވެ އެމްޑީޕީއަށް ގޮނޑި ލިބިދާނެ ނޫންތޯ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ތިބީ ސަރުކާރާއި އެކު ކަމަށެވެ.

އެ އަމާޒަށް ވާސިލުވެވޭނެކަމުގެ ޔަގީންކަން އެބައޮތްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދާނެ ކަމަށެވެ. އަދި ގައުމަށް ބޭނުންވާ ހެޔޮ ބަދަލު ގެނެވެން އޮތީ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެވިގެންކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މަޖިލިސް އިންތިހާބާއި ގުޅޭގޮތުން ގެންގުޅުއްވާ ވިސްނުމަށް ރައީސް ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ އަންހެނުންގެ ޝާމިލްވުން އިތުރުވުން ބޮޑު އިންތިހާބެއް ކަމުގައިވާންޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބަށް އަންހެނުން ޝާމިލުވާންޖެހޭ މިންވަރަށް ބާރުދީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ އިންތިހާބުން ހޮވިގެން ދިޔުމަކީ އެދޭ ވަރަށް ބޮޑު އެދުމެއް ކަށެވެ.

އަންހެނުންނަށް ހަމަހަމަ ފުރުސަތު މިހާރުވެސް ލިބިދީފައިވާކަމަށް ގިނަ ބޭފުޅުން ވާހަކަ ދައްކަވާ ކަމަށާއި، ނަމަވެސް ހަމަހަމަ ފުރުސަތު ލިބިދީފައި އޮންނަނީ ކަރުދާހުގައި ކަމަށް ވިދާޅުވަމުން ރައީސް މުއިއްޒު ވަނީ އިންތިހާބުތަކަށް އަންހެން ކެންޑިޑޭޓުން ނެރުއްވާ އަންހެން ކެންޑިޑޭޓުންނަށް ސޮޕޮންސާ ދެއްވުމަށް ވިޔަފާރިވެރިންގެ ކިބައިން އެދިލައްވާފައެވެ.

މަޖިލީހުގެ ގޮނޑިތަކަށް ގާބިލު، އަދި އިލްމީ އަންހެނުން ކުރިމަތިލީ ނަމަވެސް އެ މީހުން އިންތިހާބު ނުވާކަމުގެ ޝަކުވާ ބޮޑުކަމަށް ވިދާޅުމުން ފާހަގަކުރެއްވީ އެކަމަށް ހައްލު ގެނައުމަށް ކުރެވޭ މަސައްކަތަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: