ހުޅުމާލެ ސެންޓްރަލް މޯލްގައި ރޭ ކުއްޖަކަށް ހަމަލާދީފައިވާކަމަށް މައުލޫމާތުދެވިފައިވަނީ އޮޅުމަކުން ކަމަށާއި، އެއީ ކަށަވަރުނުވާ މައްސަލައެއްކަމަށާއި އަދި އެމައްސަލަ ހުށަހަޅާފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފުލުހުން ބުނެފައިވަނީ އެފަދަ މައްސަލައެއް ހުށަހަޅާފައިނުވާކަމަށެވެ. އަދި ހުޅުމާލޭގައި ހިނގިކަމަށް ބުނަމުންދާ މައްސަލައާއި ގުޅިގެން އެފަދަ ކަމެއް ހިނގައިފައިވޭތޯ ބެލުމަށް ސެންޓަރަލް މޯލް ސަރަހައްދު ބަލަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެމައްސަލަ ހިނގައިފައިވޭތޯ ބެލުމަށްތަކައި އެސަރައްދަށް ގޮސް އެ މަންޒަރު ހިނގަނިކޮށް މީހަކަށް ފެނުފައިވޭތޯ ވެސް ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ މީހެއްވޭތޯވެސް މިހާރު ސުވާލު ކޮށްފައިވާކަމަށް ބުނެފައިވެއެވެ.
ރޭ ހުޅުމާލެ ސެންޓްރޯ މޯލް ލިފްޓް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާ ދީފައިވާކަމަށް ބުނެ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ މަޢުލޫމާތާގުޅޭ pic.twitter.com/VoUWcYfVe6
— Maldives Police (@PoliceMv) December 10, 2023
މީގެއިތުރުން ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް އެމައްސަލައާއި ގުޅިގެން ފަރުވާ ހޯދުމަށް ދައްކާފައިވޭތޯ ބެލުމާއި އެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓޭޖެ ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުން ވަނީ މިފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ގުޅައި ހިއްސާ ކުރުމަށް އެދިފައެވެ.
ފުރާވަރުގެ ކުއްޖަކަށް ސެންޓްރަލް މޯލްތެރޭގައި ހަމަލާދިންކަމަށް ފުލުހުން ބުނެފައިވާކަމަށް މީޑިއާތަކުގައި ރޭ ވަނީ މި ހަބަރު އާންމު ކޮށްފައެވެ.

