ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނީގެ މައްސަލަ ބޮޑު ކާރިސާއަކަށް ވެދާނެ: ވޯލްޑް ބެންކް

ވޯލްޑް ބެންކް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ދަރަނީގެ މައްސަލަ ބޮޑު ކާރިސާއަކަށް ނުވަނީސް ހައްލުކުރަންޖެހޭކަމަށް ބައިނަލްއަގުވާމީ މާލީ މުއައްސަސާއެއްކަމަށްވާ ވޯލްޑް ބެންކްއިން ބުނެފިެއެވެ.

ވޯލްޑް ބެންކްއިން ބުނެފައިވާގޮތުން، ފަގީރު ގައުމުތަކުން ދައްކަންޖެހޭ ދަރަނި ރިކޯޑު އަދަދުތަކަށް އަރައިގެން ދިއުމުގެ ކުރިން ހައްލުކުރުމަށް އަވަސް ވިޔަވަޅުތަކެއް އަޅަންޖެހިފައިވާކަަމށާއި އެ ނޫން ހާލަތެއްގައި މާލީ ކާރިސާއެއް ކުރިމަތިވެގެންދާނެކަމަށްވެސް ބުނެައިވެއެވެ.

ވޯލްޑް ބެންކްއިން ބުނެފައިވާގޮތުން، ދަރަންޏަށް ފައިސާ ނެގުމުގެ ސާވިސިންގް ފީތައް މަތިވަމުންދިއުމާއި އިންޓްރެސްޓު ރޭޓުތައް މަތިވަމުންދިއުމުގެ ސަބަބުން، ސިއްހީ ދާއިރާއަށާއި ތައުލީމު އަދި މޫސުމީ މައްސަލަތައް ހައްލުކުރުމަށްޓަކައި ހަރަދުކުރެވިދާނެ ފައިސާވެސް ގެއްލެމުންދާކަމަށެވެ.

އެ މުއައްސަސާއިން ކުއްލި އިންޒާރެއް ނެރިފައިވަނީ އެންމެ ފަހުން ޝާއިއުކޮށްފައިވާ ބައިނަލްއަގުވާމީ ޑެޓް ރިޕޯޓުގައިކަމަށްވާއިރު، މިހާރު ދުނިޔޭގެ ދަރަނީގެ ހާލަތު އޮތީ މިދިޔަ ސާޅީސް އަހަރު ތެރޭގައި ދަރަނި ނެގުން އެންމެ މައްޗަށް އަރައިގެންގޮސްފައިވާ ހިސާބުގައިކަމަށްވެސް ބުނެފައިވެއެވެ. އަދި 2022 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ހުރިހާ ކުރިއަރަމުން އަންނަ ގައުމުތަކެއްގެ ދަރަނި ޖުމުލަކޮށް 443.5 ބިލިއަން ޑޮލަރަށް އަރާކަަމަށްވެސް ރިޕޯޓުގައިވެއެވެ.

ރިކޯޑު އަދަދުތަކަށް ދަރަނި ނެގުމާއި އިންޓްރެސްޓު ރޭޓުތައް މަތިވުމުގެ ސަބަބުން ގިނަ ގައުމުތައްވަނީ މާލީ ކާރިސާއެއް ކުރިމަތިވުމާއި ގާތުގައިކަމަށް ވޯލްޑް ބެންކް ގުރޫޕުގެ ޗީފް އިކޮނޮމިސްޓް އަދި ސީނިއާ ވައިސް ޕްރެސިޑެންޓް އިންޑަރމިޓް ގިލް ވިދާޅުވެފައިވާކަންވެސް ފާހަގަކުރެވޭކަމަށް މީޑިއާތަކުން ބުނެއެވެ
ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: