ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާކަމަށް ބުނެ އާދަމް ޝަރީފަށް ރުހުން ނުދޭން ފައްޔާޒް ގޮވާލައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމުގެ މަސައްކަތް ކުރަމުން ގެންދާތީ، ސިޓީސް ކޯކަލް ގަވަމެންޓް އަދި ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރަށް ކެބިނެޓު ވަޒީރެއްގެ ގޮތުގައި ރުހުން ދޭންޖެހޭ އެއްވެސ ސަބަބެއް ނެތްކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ ސިޔާސަތުތަކަށް ފާޑުކިއުމަށް ”ދިޔަވަރު.ކޮމް“ އާއި ”ކުރުސީ.ކޮމް“ ގެ ނަމުގައި ހިންގަމުން އައި ވެބްސައިޓު ބްލޮކް ކުރި މައްސަލައިގައި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް ހިމެނޭހެން، ނޫސްވެރިންގެ ޖަމިއްޔާ ވެސް އެކަމަށް ފާޑުކިޔާފައިވަނިކޮށް ސަރުކާރުން ބުނެފައި ވަނީ ރެޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހަކަށް ހުރަސްނާޅާނެ ކަމަށެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައި، އެފަދަ ސައިޓުތައް ސަރުކާރުން ބްލޮކް ކުރި ސަބަބާއި މެދު ސުވާލު އުފައްދާފައިވަނިކޮށް ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް ވިދާޅުވީ ސަރުކާރުން ރެޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް މިނިވަން ނޫސްވެރިކަމުގެ ޖާގަ ދޭނެކަމަށެވެ. އަދި އޭނާ ވަނީ ނޫސްވެރިންގެ ޖަމިއްޔާއިން އާންމު ކުރި ބަޔާނަށް ރައްދުދީފަ އެވެ.

މި މައްސަލައިގައި ފައްޔާޒް ވަނީ އިއްޔެ ވެސް ޕޯސްޓެއް ކުރެއްވުމަށް ފަހު، މިއީ ގޯސް ސަގާފަތެއްގެ ފެށުންކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރު ބޭނުންވާ މަގުން ކަންކަން ނުކުރެވި އޮތީ މަޖިލީހުގެ މެޖޯރިޓީއެއް ނެތުމުންކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ. އެއަށް ފަހު އަނެއްކާ އިތުރު ޕޯސްޓެއް ކުރެއްވުމަށް ފަހު ފައްޔާޒް ވިދާޅުވީ ޑިފެންސް މިނިސްޓަރަކަށް އާދަމް ޝަރީފް ހުންނެވި އިރު މަޖިލީހުގެ ތާރީހުގައި މުޅިން އަލަށް ސިފައިން ވައްދައި މެމްބަރުންނަށް އަނިޔާ ކުރި ކަމަށެވެ.

އޭގެ ފަހުން އައު ސަރުކާރެއް އުފެދި މިހާރު އާދަމް ޝަރީފް ހުންނެވި މިނިސްޓްރީގައި ކޮމިއުނިކޭޝަން އޮތޯރިޓީ (ކޭމް) މެދުވެރިކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފަށާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކަތައް ދެއްކެވުމަށް ފަހު ފެންނަނީ، ފުށިދިއްގަރުފަޅުގެ މަސައްކަތް ފެއްޓެވި މަންޒަރު ކަމަށެވެ. އެހެންކަމުން މި ސަބަބުތަކާއި ހުރެ އެކަނިވެސް އާދަމް ޝަރީފަށް ރުހުން ދޭން ޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ފާހަގަކުރެވުނީ، ކެބިނެޓުގެ އެންމެ ނުފޫޒުގަދަ ވަޒީރުގެ ގޮތުގަ އެވެ. އަދި އޭރު ވެސް އެމްޑީޕީގެ ސަރުކާރުން ނޫސްވެރިކަމަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ކުރެވެ އެވެ.

ދެ ވެބްސައިޓު ބްލޮކް ކުރި މައްސަލައިގައި، ރައީސް ސޯލިހުގެ ސަރުކާރުގެ ވަޒީރުކަން ކުރެއްވި ބޭފުޅުން ގެންދަނީ ޕޯސްޓުތައް ކުރައްވަމުންނެވެ. އެގޮތުން ކުރީގެ އެންވައިރޮމެންޓް، އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އާމިނަތު ޝައުނާ ވަނީ މިދިޔަ ސަރުކާރުގައި އެފަދަ ގޮތަކަށް އެއްވެސް ސައިޓެއް ބްލޮކްކޮށްފައި ނުވާނެކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: