ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުގެ 2024 ވަނަ ކަލަންޑަރ ”އިންޓު ދަ ފިއުޗަރ“ ލޯންޗުކޮށްފި

ދިރާގުން އެ ކުންފުނީގެ 2024 ވަނަ އަހަރުގެ ކަލަންޑަރު ‘އިންޓު ދަ ފިއުޗަރ’ ލޯންޗު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން އެ ކުންފުނީގެ 2024 ވަނަ އަހަރުގެ ކަލަންޑަރު ”އިންޓު ދަ ފިއުޗަރ“ ލޯންޗުކޮށްފިއެވެ.

ހާއްސަ ހަފްލާއެއްގައި ދިރާގުގެ އައު އަހަރުގެ ކަލަންޑަރު އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑރ. އިސްމާއިލް ޝަފީއު އެވެ. މި އިވެންޓްގައި ދިރާގުގެ އިސްވެރިންގެ އިތުރުން ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން އަދި އެހެނިހެން ހާއްސަ މެހެމާނުން ވެސް ވަނީ ބައިވެރިވެފައެވެ.

ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާއިރު، ލޯންޗުކުރި 2024 ވަނަ އަހަރުގެ ކަލަންޑަރުން ދައްކުވައި ދެނީ ތުއްތު ކުއްޖެއްގެ ލޮލުން މިހާރަށްވުރެ ކުރިއަރާފައިވާ ”ޑިޖިޓަލް ރާއްޖެ“ ގެ ތަސައްވަރެވެ. އެގޮތުން ކުރިއަރަމުން މިދާ ޓެކްނޮލޮޖީގެ ސަބަބުން މުސްތަގުބަލުގައި އާންމު ދިރިއުޅުން ލުއިފަސޭހަވެ އިތުރަށް މުއްސަނދިވެފައިވާ ގޮތް ކަލަންޑަރުގެ ގަނޑުތަކުން ދައްކުވައިދޭނެއެވެ.

މި ރަސްމިއްޔާތުގައި އޮފް މިނިސްޓަރ ޑރ. ޝަފީޢު ވިދާޅުވީ، ދިރާގަކީ ރާއްޖެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރުވާ، ގައުމުގެ ޑިޖިޓަލް ދަތުރުގެ މޭސްތިރިއެއް ކަމަށެވެ. އަދި ދިރާގަކީ ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުވާ އެފަރާތްތައް މި ދާއިރާއަށް ނެރުމަށް އިސްސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ދިރާގަކީ ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު އިންތިޒާރު ކުރާ ފަދަ ތަފާތު ކަލަންޑަރު ފަރުމާ ކުރާ ކުންފުންޏެއްކަމަށާއި މިއަހަރުގެ ’އިންޓު ދަ ފިއުޗަރ‘ ކަލަންޑަރަކީވެސް އެފަދަ ކަލަންޑަރެއްކަމަށް ވަނީ ވިދާޅުވެފައެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ، އަލީ ރިޔާޒް ވިދާޅުވީ، ކަލަންޑަރުގައި ދައްކުވައިދޭ ”އިންޓު ދަ ފިއުޗަރ“ ގެ ތަސައްވުރަކީ ދިރާގުން ވެސް އެކަމަށް މަސައްކަތް ކުރާ ކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މިހާރަށްވުރެ ފަސޭހަކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އަލީ ވިދާޅުވީ މި ކަލަންޑަރުގެ ސަބަބުން ކުރިއަށްވުރެ ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް މިއަދުގެ ޒުވާން ޖީލު ”އިންސްޕަޔަރ“ ވެގެން ދާނެ ކަމަށްވެސް އުއްމީދުކުރައްވާ ކަމަށެވެ.

މި ކަލަންޑަރުގައި ކޮންމެ މަހެއްގެވެސް ކުރެހުމާއި ގުޅުވާލާފައިވާ 12 ސްނެޕްޗެޓް ގޭމް ހިމެނިގެންދާނެއެވެ. އެގޮތުން ކަލަންޑަރުގައި ވާ ސްނެޕްކޯޑް ސްކޭންކޮށް، ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް ގޭމް ކުޅުމަށްފަހު އެފަރާތެއްގެ ސްކޯގެ ސްކްރީންޝޮޓެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓަރގައި #DhiraaguCalendarGames މި ހޭޝްޓެގާއެކު ޕޯސްޓުކުރެވޭނެއެވެ. މި ޕޯސްޓްކުރާ ސްކްރީންޝޮޓްތަކުން ކޮންމެ ތިން މަހަކު ދިރާގުން ހާއްސަ ގުރުވަތެއް ބާއްވާ، ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުގައި ޓެކް ބަންޑްލްއެއް ލިބިގެންދާނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ އިސްސަފުގައި ދެމިތިބުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުސްތަގުބަލެއްގައި އެފަރާތްތަކަށް ކުރިއެރުމަށް މަގުފަހިކޮށްދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: