ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބަދު އެއްބަޔަކު ކަމެއްގައި ދެމި ތިބެން ނުޖެހޭ، ވިސްނުންތައް ވެސް ބަދަލުވޭ: އަބްދުއްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރ އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއް ބަޔަކު އަބަދު ވަކި ކަމެއްގައި ދެމިތިބުމަކީ އޮންނަ ގޮތެއް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރ އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ވެރިކަމަށް އިންތިހާބުވުމަށް ފަހު ޕީޕީއެމް/ޕީއެންސީން ބާއްވާ ފުރަތަމަ ބޮޑު ޖަލްސާ މިރޭ ކުރިޔަށް ގެންދަނީ ރައީސް ޑރ. މުއިއްޒުގެ ބައިވެރިވުމާއި އެކު އެވެ. އަދި މިރޭގެ ޖަލްސާގައި އެ ޕާޓީއަށް އެމްޑީޕީގެ ބައެއް ޕާލިމަންޓު ގުރޫޕުގެ މެމްބަރުން ސޮއި ކުރައްވާނެކަމަށް މައުލޫމާތު ލިބެ އެވެ.

ޖަލްސާ ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކައިގައި އަބްދުއްރަހީމް ވިދާޅުވީ ދިމާވި ކޮންމެ ދަތިކަމެއްގައި އިސް ކުރީ ގައުމު ކަމަށެވެ. އަދި އެ ވިސްނުމާއި ސިޔާސަތު އެއީ މީހަކަށް ވުރެ އަދި ސިޔާސީ ޕާޓީއަކަށް ވުރެ ވެސް އިސްވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދިވެހި ގައުމުގެ ހައްގުގައި ލީޑަރުން ކުރެއްވި މަސައްކަތަށް އަބަދުވެސް ޝުކުރު އަދާކޮށް އެކަން ބަލައިގަންނާނެކަމަށާއި، އެކަމަކު ގައުމުގެ މިސްރާބު ބަދަލުކޮށް އޮޔާ ދާ މަންޒަރު ބަލަން ތިބެން ބޭނުން ނުވާކަމަށް އެނާ ވިދާޅުވި އެވެ.

ޕްރޮގްރެސިވް ކޯލިޝަނުން އިންތިހާބަށް ނިކުތް އިރު މެމްބަރުންގެ އަދަދު ހުރީ 3،000 ގައި ނަމަވެސް މިރޭގެ ޖަލްސާ ކުރިޔަށް ގެންދާއިރު އެ އަދަދު 40،000 އަށް އަރާފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. މިއީ ފުރިހަމަ މަސައްކަތެއްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވަނީ އާންމު މެމްބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމާއިގެން ކުރިޔަށް ގޮސް، ދިވެހިން ތިބީ ގައުމުގެ ތަރައްގީގެ އައު މިސްރާބަކަށް ދިއުމަށް ތައްޔާރަށްކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވީ ދުނިޔެއަކީ ބަދަލުވާ އެއްޗެއްކަމަށާއި އިއްޔެ ބަޔަކު ގަބޫލު ކުރަމުން އައިކަމެއް މިއަދު ބަދަލުވެސް ވެދާނެ ކަމަށެވެ. އަދި އިއްޔެ މަސައްކަތްތަކާއި ހަވާލުވެ ތިބި ބަޔަކު މިއަދު އެ މަގާމުގެ ހަވާލުގައި ނެތި ހިނގައިދާނެކަމަށާއި އެ ބަޔަކު ދެއްކި ވާހަކައެއް މަތީ ރައްޔިތުން ނެތި ވެސް ހިނގައިދާނެ ކަމަށެވެ.

ދިވެހި ރައްޔިތުން ބޭނުން ވަނީ ތަރައްގީކަމަށް ތަކުރާރު ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ވެރިކަމަށް މިވީ ދޮޅު މަހުގެ ތެރޭގައި ރައްތިތުންނަށް އެ ތަރައްގީ ފެންނަމުން ދާކަމަށެވެ. އަދި ސަރުކާރު ހިންގުމުގައި މެނިފެސްޓޯ ތަންފީޒު ކުރަމުން ދާނީ ކުރިޔަށްކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބަޔަކު މީހުން އެކަމެއްގެ މަތީގައި، އެ މަގާމުގައި ދެމިތިބުމަކީ އެއީ އޮންނަ އުސޫލެއް ނޫން ކަމަށެވެ. ކަންކަމަށް ބަދަލުތަކެއް އާންނާނެކަމަށާއި، އެކަމަކު އެ ދައްކާ ވާހަކަތައް އަބަދުވެސް ހަނދާނުގައި ހުންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

އަބަދު އެއްބަޔަކު އެއްކަމަކެއްގައި ދެމިތިބުމަކީ ގުދަރަތީ ގާނޫނު ނިޔާ ކުރާ ގޮތެއް ނޫން.. ބަދަލުތަކެއް އަންނާނެ..

ސަރުކާރަށް ފާޑުކިއުން އަމާޒު ކުރާތީ އަބްދުއްރަހީމް ވިދާޅުވީ، އެއަށް ރައްދު ދިނުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށެވެ. އަދި ހުރިހާ ޖަވާބެއް ދޭނީ އަމަލުން، ތަރައްގީންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭގެ ސަބަބަކީ މިއަދު އެބޭފުޅުން ދިވެހިރައްޔިތުންނާއި އެކު ދެމިތިބުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދޭން އެމްޑީޕީން ވަކާލާތުކޮށް، ބަހުސް ކުރާތީ އަބްދުއްރަހީމް ވިދާޅުވީ އެފަދަ ބޭފުޅުން އެއީ ޑިމޮކްރަސީގެ މަތީގައި ތިބި ބައެއްކަމަށް ބުނެ ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތްކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: