ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖުގެ މަސައްކަތުގެ ސްޕީޑު އަވަސްކޮށްދޭން ވާނީ ރަސްމީކޮށް އެދިފައި: ރައީސް

އީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓު ބައްލަވާލަައްވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިޔަށް ގެންދަނީ ވަރަށް ލަސްކޮށްކަމަށް ވާތީ، މަޝްރޫއު އަވަސްކޮށްދޭން އިންޑިއާގެ ސަރުކާރުގައި އެދިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު” ނުވަތަ “ތިލަ މާލެ” ބްރިޖުގެ ނަމުން ނަންދީ ކުރިޔަށް ގެންދާ މަޝްރޫއުގެ އެކި ސާވޭތައް ކުރިޔަށް ގެންގޮސް ތާފާތު ތާރީހުތަކެއް ދިން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމިގެން ދިޔައީ ބްރިޖުގެ އެއްވެސް ފޭސްއެއް ނިންމާނުލެވި އެވެ.

ބްރިޖަށް ބޮޑު ހަރަދުތަކެއް ހިނގިއިރު 7.7 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ފަށަން ގަސްތުކުރި އެ މަޝްރޫއަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފައެވެ. އަދި އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރުވެސް ހޯދާއިފައި ވެއެވެ.

އެއަށް ފަހު އައު ސަރުކާރުން ވެރިކަމާއި ހަވާލުވުމަށް ފަހު އާންމު ކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި، ރައީސް ސޯލިހު ވަނީ ދައުރު ނިމުމާއި ގާތްވެފައި ވަނިކޮށް އެއްބަސްވުން އިތުރުކޮށް 2026، ސެޕްޓެމްބަރ 30 އަށް އެ ދަންމާލާފަ އެވެ. އެހެން ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެ ތާރީހަށް ވެސް ބްރިޖު ނިމެނޭކެމަަށް ނުބެލެވޭކަމަށެވެ.

މަޝްރޫއު ކުރިޔަށް ދާގޮތް ރައީސް މުއިއްޒާއި، މިނިސްޓަރ އަދި ކެބިނެޓު ވަޒީރުން ވަނީ މީޑިއާތަކުގެ ހާޒިރުގައި ބައްލަވާލައްވާފަ އެވެ.

ބްރިޖުގެ ސްޕީޑު ލަސްވާ މައްސަލައިގައި ރައީސް ވިދާޅުވީ މުޅި މަސައްކަތް ނިިންމަން ދެ އަހަރު ނަގާކަމަށާއި ނަމަވެސް އެ މަސައްކަތަށް އެހާ ދިގު މުއްދަތެއް ހޭދަވާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރިޔަށް ގެންދާ ސްޕީޑު އަވަސްކޮށް ވިލިމާލެއާއި ހަމައަށް އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2025 ގެ ކުރީކޮޅަށް ނިންމާލެވުން ވެސް ވާނީ ކުރިއެރުމަކަށް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު މަސައްކަތް ކުރައްވަނީ ޓެކްނިކަލް ކަންތަކެއް ވެސް ހުރުމާއި އެކު ދެ ގައުމުގެ އިސް ލެވެލްގައި ނިންމަން ޖެހޭ ނިންމުންތަކާއި އެކު އަވަސް ކުރެވޭނެ މަގެއް ހޯދަންކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޭނުންފުޅު ވަނީ ބްރިޖުގެ މަސައްކަތް އަވަސްކުރުމަށް ކަމަށް ވާތީ، އިންޑިއާ ސަރުކާރިގައި 2025 ގެ ކުރީކޮޅަށް ވިލިމާލެއާއި ހަމައަށް ބްރިޖު ނިންމައިދޭން އެދިފައިވާނެ ކަމަށެވެ. ބްރިޖުގެ ސްޕީޑު އަވަސްވުން އޮތީ ދިވެހި ސަރުކާރުގެ އަތްމަތީގައި ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އުންމީދަކީ ވީހާވެސް އަވަހަށް ގޮތެއް ހަމަޖެހުން ކަމަށެވެ.

ސެގްމެންޓުތަކަށް ބަހާލައިގެން ހުޅުވުމަށް ހަމަޖެހިފައިވާ ބްރިޖުގެ ބައެއް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެފްކޮންސްއިން މީގެ ކުރިން މީޑިއާތަކަށް ބުންޏެވެ. އެކަމަކު އޭރު ވެސް ގިނަ ބަޔަކު ވަނީ މަސައްކަތުގެ އެއްވެސް ސެގްމެންޓެއް ނިންމާލެވޭނެކަމަށް ނުބެލެވޭކަމަށް ބުނެފަ އެވެ.

މި  މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. 500 މިލިއަން ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ 7.7 ބިލިއަން ރުފިޔާ ހަރަދު ކުރާ މި މަޝްރޫއަކީ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: