ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބުރައީސްގެ މޮންޓަނޭގްރޯގެ ދަތުރުފުޅަށް ހަރަދުވީ 5 ލައްކަ ރުފިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، މިދިޔަ މަހުގެ ފަހުކޮޅު މޮންޓަނޭގްރޯ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ހަރަދުވީ ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި ބިޒްނަސް ކްލާސްގައި ދަތުރު ކުރެއްވުމަށް ޓިކެޓަށް 492،746ރ. ހަރަދުވެފައިވެއެވެ. ޕޮކެޓް މަނީގެ ގޮތުގައި ފަސް ބޭފުޅަކަށް ހަރަދުވެފައި ވަނީ 64،638ރ. އެވެ. މޮންޓަނޭގްރޯގައި ފަރިއްކޮޅުގެ ހަރަދުގެ ގޮތުގައި 23،823ރ. ހަރަދުވި އިރު، އިސްތަންބޫލްގައި ފަރިއްކޮޅަށް ހަރަދުވެފައި ވަނީ 7،895ރ. އެވެ. އަދި ވިސާ ހަރަދުގެ ގޮތުގައި 633ރ. ހަރަދުވެފައިވެއެވެ. އެހެންކަމުން ޖުމްލަ މި ދަތުރަށް ހަރަދުވެފައި ވަނީ 589،736ރ. އެވެ.

ނައިބު ރައީސް މޮންޓެނޭގްރޯއަށް ވަޑައިގެންނެވީ އެ ގައުމުގެ ޑަންލޮވް-ގްރަޑްގައި ބޭއްވި މޮންޓަނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

އެމަނިކުފާނު މި ކޮންގްރެސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވީ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ ސެކިއުރިޓީ، އިންޓަނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އެލެކްސާ ބެޗިޗްގެ ދައުވަތަކަށެވެ.

މި ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ގައުމުގެ މިސްރާބު ބައްޓަންކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅުގެ ހަރަދު އާންމުކޮށްފައިވާއިރު، ރައީސް އަދި ނައިބް ރައީސް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލް، އެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި އާންމު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިހާތަނަށް އައިއިރު އެ ހުރިހާ ދަތުރުފުޅެއްގެ ހަރަދުތައް ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: