ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުނާން ޝަރީއަތް ނިމެންދެން ބަންދަށް!

ޔުނާން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ތުހުމަތުކުރެވިފައިވާ މުހައްމަދު ޔުނާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމައިފިއެވެ.

ޕީޖީ އޮފީހުން ހިއްސާކޮށްފައިވާގޮތުން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުވާ ލިބޭ ޔުނާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ އޭނާ ޝަރުތުތަކަކާއިއެކު ދޫކޮށްލުމަށް ނިންމީ ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައިކަމަށެވެ.

ޕީޖީ އޮފީހުން ބުނެފައިވާގޮތުން، އެ އޮފީހުންވަނީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެހެންނަމަވެސް އެ މަރުހަލާ ފުރިހަމަ ވުމުގެ ކުރިން ޔުނާން ކޯޓުން ކުރި ޝަރުތަކާއި ހިލާފުވެފައިވާކަމަށްވުމުން އަލުން ބަންދުކޮށްދިނުމަށް މިހާރު އެ ކޯޓަށް ހުށައަޅާފައިވަކަަށްވެސް ބުނެފައިވާއިރު، ހައިކޯޓުން ގޮތެއް ކަނޑައެޅުމާއި ހަމައަށްވެސް މެޖިސްޓްރޭޓް ކޯޓުން ބަންދު މުރާޖާ އަޑުއެހުން ތާވަލުކޮށްދީފައިނުވާކަމަށް ބުނެފައިވެއެވެ.

ޕީޖީއިން މައުލޫމާތު ދީފައިވާގޮތުން ، ހައިކޯޓުން ނިންމީ ޔުނާންގެ ސަބަބުން މުޖުތަމައަށް އަދިވެސް ނުރައްކާ އޮތް ކަމަށް ކަމަށާއި އޭނާގެ ބަންދާއިމެދު ހުށައެޅުމެއް ހުށައަޅައިފި ނަަމަ އަަވަސް މިނެއްގައި އެކަމަށް ދަށު ކޯޓުން ގޮތެއް ނިންމައިދޭންވާނެކަމަށް ހައިކޯޓުން ބުނެފައިވާކަމަށްވެސް ޕީޖީއިން ބުނެފައިވެއެވެ. އެހެންކަމުން މިހާރު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައިކަމަށާއި، މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: