ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމު މެމްބަރުނާއި ބާއްވަން ޖެހޭ ގުޅުމެއް ނުބޭއްވުނު، މައާފަށް އެދެން: އަބްދުއްރަހީމް

ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރ އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ މޭޔަރު އިންތިހާބު ބައި އިލެކްޝަނުން މިއަދު ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނީ އާންމު މެމްބަރުންނާއި އެކު ބާއްވަން ޖެހޭ ގުޅުން ކުޑަވުމުގެ ސަބަބުންކަމަށާއި އެކަމަށް މައާފަށް އެދޭކަމަށް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ދޮޅު މަސް ފަހު އޮތް މާލޭގެ މޭޔަރުގެ އިންތިހާބު މިއަދު ކާމިޔާބު ކުރީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯއަކަށް ހުންނެވި އާޒިމަށް އިންތިހާބުގައި ލިބިވަޑައިގަތީ ހަތް ހާސް ވޯޓެވެ.

މާލޭގެ މޭޔަރުކަމުގައި ހުންނެވި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުން އެ ގޮނޑި ހުސްވީ ދެ އަހަރާ ބަޔަށެވެ. ރިޔާސީ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުވެ، މި އިންތިހާބަށް ވެސް ގިނަ މަސައްކަތެއް ކުރިނަމަވެސް މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންފައި ވަނީ ފަސް ހާސް ވޯޓެވެ.

އިންތިހާބުގެ ނާކަމިޔާބީއާއި ގުޅިގެން މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވައި ޕާޓީގެ ލީޑާޝިޕްގެ ފަރާތުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބަށް ދޭން ޖެހޭ ސަމާލުކަން ނުދެވޭކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެގޮތަށް ދިމާވީ، ސަރުކާރުގެ މަސައްކަތުގައި އުޅެން ޖެހުމާއި އެހެނިހެން ސަބަބުތައް ދިމާވުމުންކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ އެއްވެސް ހާލަތެއްގައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ޕާޓީއާއި ފެޔަށް ޖެހިވަޑައިގަތުމުން ލިބުނު ނާކާމިޔާބީއެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ރައީސް ޔާމީންގެ އެންޑޯސްމަންޓުގައި ވެސް ކެންޑިޑޭޓެއް ވާދަކުރެއްވިކަމަށާއި، އެފަދަ ހާލަތެއް އޮތް ނަމަވެސް ވޯޓުތަކުން އެކަން ދެއްކީސްކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން ސަރުކާރުގައި ތިބެމެ، ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ހަގީގަތުގައި މި އިންތިހާބަށް ދޭންވާ ސަމާލުކަމެއް ނުދެވުނު.. އޭގެ ނަތީޖާއަކީ މޭޔަރުކަމުގެ ގޮނޑި ނުލިބުން

އިންތިހާބުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު ދަށްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އާންމު މެމްބަރުންނާއި ގާތުން މަސައްކަތް ކުރެވުނު ނަމަ ގިނަ ބަޔަކު ވޯޓުލާން ނިކުތީސް ކަމަށެވެ. އަދި އާންމު މެމްބަރުނާއި ދެމެދު އެ ގުޅުން ނުބޭއްވުނީތީ، މައާފަށް އޭނާ އެދިވަޑައިގަތެވެ.

މި އިންތިހާބުން ލިބުނު ފިލާވަޅާއި އެކު ދެން ހުރި އިންތިހާބުތައް ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެކަމަށް، އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުން މާޔޫސްވިޔަ ނުދޭނެކަމަށާއި އެފަދަ މަންޒަރެއް ދެން ނުފެންނާނެ ކަމަށެވެ.

ވަރަށް ގަދަ
12%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 57%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ބޮޑާވީ އެއީ ވީގޮތަކީ ސަރުކާރު ލިނބުނީމަ އާއްމު މެމްބަރުން ކުރި ބުރަ މަސައްކަތް ހަދާންނެތި އެމީހުން ބިކަކޮށްލާފަ އަދުރޭގެ އައުވާނުންނަށް ބޮނޑެތި ހުރިހާ މަގާމު ތަކެއްދީ މީހާއަށް ފެންވަރު އޮޅުމުގެ ނަތީޖާ ތިފެނުނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: