ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި ދެކުނު ދާއިރާ އެމްޑީޕީ ޓިކެޓު އަލީ ވަހީދަށް!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ: މާހިލް އާތިފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް އިންތިހާބު އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުކޮށް ކުޅުދުއްފުށި ދެކުނު ދާއިރާގެ ޓިކެޓު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރި އަލީ ވަހީދު ކާމިޔާބުކޮށްފި އެވެ.

މާޗު މަހު އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ހޯދުމަށް، އެ ޕާޓީގެ ޕްރައިމެރީގައި ވާދަކޮށް އަލީ ވަހީދު ވަނީ ޓިކެޓު ކަށަވަރުކޮށްފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު، ރިޔާސީ އިންތިހާބާއި ގަތްވެފައި ވަނިކޮށް ޑީއާރުޕީގެ ޕޯޑިއަމްތަކުން އާންމުންގެ މެދުގައި މަޝްހޫރުވި އަލީ ވަހީދަކީ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރެވެ.

ސިޔާސީ މައިދާނުގައި އަޑުގަދަކަމަށާއި، ނުފޫޒު ގަދަކަމަށް ފާހަގަކުރެވޭ އަލީ ވަހީދު ޑީއާރުޕީގައި މަސައްކަތް ކުރެއްވުމަށް ފަހު އެމްޑީޕީއާއި ގުޅިވަޑައިގަތީ އެ ޕާޓީ ބައިބައިވެ ފެކްޝަންތަކެއް އުފެދުމުންނެވެ. ކުލަ ގަދަ ރަސްމިއްޔާތެއްގެ ތެރެއިން އެމްޑީޕީއާއި ގުޅި ޕާޓީ ޗެއާޕަންގެ މަގާމު ވެސް އޭނާ އަދާކުރި އެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: