ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކުރާނަން: ރައީސް

ކެބިނެޓު ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސެވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދެމުންދާ ”ރައީސްގެ ޖަވާބު“ ސެގްމެންޓުގައި އެކަނިވެރިންނަށް ދޭ އިނާޔަތް ބޮޑުކުރުމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެއީ ސަރުކާރުން ވެފައިވާ ވައުދެއްކަަމަށާއި އެ ވައުދު ފުއްދަވާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި އަހަރުގެ ބަޖެޓުގެ ތެރެއިން އެ މަސައްކަތްތައް ކުރުމަށް މުޅިން ހަމަޖެހިފައިނުވާކަމަށާއި އިގްތިސާދާއި މާލީ ހާލަތު މިވަގުތު އެކަމަށް ތަން ނުދޭކަމަށްވެސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް 2025 ވަނަ އަހަރަށް އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރާނެކަމަށް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، މިހާރުވެސް ސަރުކާރުން އެ ވައުދު ފުއްދުމަށްޓަކައި މަސައްކަތްތައް ކުރަމުންދާކަމަށެވެ.

ޔަތީމުކުދިން ބެލެހެއްޓުމުގެ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން ދޭނެ އެއްބާރުލުމާއިމެދުވެސް އެމަނިކުފާނާއި ސުވާލުކުރިއެވެ. ރައީސް ވިދާޅުވީ، ޔަތީމު ކުދިންގެ ކަންކަން ބެލެހެއްޓުމަށްވެސް ސަރުކާރުންދަނީ މަސައްކަތްތައް ކުރަމުންކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާކުރެވިގެންދާނެކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ޔަތީމުކުދިންނާއި މުޖުތަމައުގެ ތެރެއިން އެކަށީގެންވާ އަޅާލުން ނުލިބިދާ އެހެން ފަރާތްތަކަށްވެސް މީގެ ކުރިން ދެވިފައިނުވާ މިންގަނޑެއްގައި އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
43%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: