ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް ގައުމުން އަނެއް ގައުމަށް ބުލީކޮށް، ބައިނަލްއަޤްވާމީ މަސްލަހަތު ނަގައިލުމާ ދެކޮޅު: ރައީސް

ރައީސް ޑރ. މުއިއްޒު ފުރަތަމަ ރިޔާސީ ބަޔާން އިއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސަކީ ދިވެހިންގެ އަމިއްލަވަންތަކަމާ މިނިވަންކަމަށް، އިހުތިރާމް ކުރާ ކޮންމެ ގައުމަކާ ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާދެއްވައި ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސަކީ، ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަމަށް އިހުތިރާމްކުރާ، ދިވެހީންނަށް އެހީތެރިކަމާ އެއްބާރުލުންދޭ ކޮންމެ ގައުމަކާއެކުވެސް ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަމާއެކު ކުރިއަށް ދިއުން ކަމަށެވެ. އަދި މިގޮތުގެ މަތިން އަވަށްޓެރި ގައުމުތަކާ، އަދި ރާއްޖޭގެ ވިޔަފާރިއާ ތަރައްގީގެ ބައިވެރިންގެ ގޮތުގައި ހިމެނޭ ގައުމުތަކާއި ގުޅުން ބަދަހި ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އިސްލާމީ ގައުމުތަކާއެކު ހާއްސަ ގުޅުމެއް ގާއިމު ކުރުއްވާނެ އެވެ. އެމަނިކުފަނު ވިދާޅުވީ އެއް ގައުމުން އަނެއް ގައުމުގެ މިނިވަންކަމަށް އަރައިގަތުމާއި، އެއް ގައުމުން އަނެއް ގައުމަށް ގަނާކޮށް، ބައިނަލްއަޤްވާމީ އައްމު މަސްލަހަތު ނަގައިލުމާ ދެކޮޅު ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: