ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ހާލަތަށް ބަލައި ތަރައްގީގެ މަޝްރޫއުތަކަށް އިސްކަން ދޭނެ ތަރުތީބެއް އޮތުން މުހިންމު: ރައީސް

ރައީސުލްޖުމްހޫރިއްޔާ، ތ. ބުރުނީ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު އޮތްގޮތުން ރަށުގެ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތައް އެންމެ އިސްކަންދޭ ތަރުތީބުން އަލުން ތަރުތީބުކުރުމުގެ މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބުރުނީއަށް ވަޑައިގެން ރައީސް ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުުރުމަށް އެމަނިކުފާނުގެ ސަރުކާރުން އިސްކަމެއް ދޭނެ ކަމަށެވެ. ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައިގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބިފައި ވާތީ ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ރަށުގެ ލޯކަލް ޓޫރިޒަމަށް ހުރަސްތަކެއް އެޅޭކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލު ކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތައް އަވަހަށް ފަށަން ޖެހޭކަމަށާއި، އެ މަސައްކަތްތައް ކުރިޔަށް ގެންދަވާނީ ރައްޔިތުން އެދޭ ގޮތަށްކަމަށެވެ. އެގޮތުން ރަށުގެ ބަނދަރު އަޕްގްރޭޑު ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކުރުމަށް ފަހު އަމަލީ މަސައްކަތް ނުފަށައި އޮތުމުން ރައްޔިތުންގެ ކުރިއެރުމާއި ގުޅިފައިވާ މިފަދަ މަޝްރޫއުތަކަށް އިސްކަން ދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

މިފަދަ މުހިންމު މަޝްރޫއުތަކަށް އިސްކަން ދިނުން އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ.. ބައިވަރު މަޝްރޫއުތަކެއް ފެށި، ހުއްޓިފަ.. ބައިވަރު މަޝްރޫއުތަކެއްގައި ސޮއިކޮށް އަމަލީ މަސައްކަތް ނުފަށައި އޮތުމުން ތަރުތީބުކޮށްލަން މިޖެހެނީ..

މީގެ އިތުރުންވެސް ކައުންސިލްތަކަށް ކަނޑައަޅާފައިވާ އިޙްތިސާސްގެ ދަށުން ރަށްރަށް ހޯދައި، މާލީ ބާރުވެރިކަން ހޯދުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ބުރުންޏަށްވެސް ވަރަށް ބޮޑު އިގްތިސާދީ ފުރުސަތުތައް ހޯދުމުގެ މަގުފަހިވެފައިވާ ކަމަށާއި، އެކަންކަމުގައި ސަރުކާރުގެ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު އޮތްގޮތުން ރަށުގެ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތައް އެންމެ އިސްކަންދޭ ތަރުތީބުން އަލުން ތަރުތީބުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ކުޑަކުދިންގެ ޕާކްތަކާއި ކަސްރަތުކުރާ ތަންތަން ހެދުމަށް ސަރުކާރުން އިޢުލާންކޮށްފައިވާ ސިޔާސަތުގެ ދަށުން ބުރުނީގައި ވެސް އެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: