ރޯދަމަހުގައި އިންިހާބެއް ބާއްވަން ޖެހޭ ހާލަތްތަކުގައި ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަންޖެހޭ ގޮތަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފިއެވެ.
އިންތިހާބާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ހުށައެޅީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އެ އިސްލާހުގައި ވަނީ ރޯދަ މަަހަށް އިންތިހާބެއް ބާއްވަން ޖެހިއްޖެނަމަ އެ އިންތިހާބެއް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވުމަށެވެ. ބިލު ދިރާސާ ކުރީ އެކަމަށް އެކުލަވައިލި ފަސް މެންބަރުންގެ ހާއްސަ ކޮމެޓީއަކުންނެވެ.
ޝިފާއު ހުށަހެޅި ބިލަށް 46 މެންބަރުން ތާއިދު ކުރައްވާފައި ވާއިރު 3 މެންބަރުން ވަނީ ބިލާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރުނާއި އެކު ކޮމިޓީން ބައްދަލުކުރެއްވި އިރު އީސީގެ ނައިބު އިސްމާއީލް ހަބީވު ވިދާޅުވީ މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ 10 ދުވަސް ފަހުން ބާއްވައިފިނަމަ, ވޯޓު ގުނުމަށްފަހު ދާއިމީ ނަތީޖާ އިއުލާނުކޮށް، އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ލިބޭ މުއްދަތު ވަރަށް ކުރުވާ ކަމަށެވެ.

