ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ލިމިޓުގެ އަދަދެއް ކަނޑައަޅާފައި ނުވާކަމަށް އެ ބޭންކުން ބުނެފި އެވެ،
ބީއެމްއެއެލްގެ، ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު މިއަދު ”ސަންގު“ އަށް ވިދާޅުވީ ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭ ރޭޓު މުރާޖައާ ކުރަމުން އައިނަމަވެސް މިހާތަނަށް ސީދާ ވަކި ގޮތެއް ނިންމާފައި ނުވާނެކަމަށެވެ.
ބައެއް މީޑިއާތަކުން ހަބަރުތައް ގެނައި ގޮތުގައި، ބީއެމްއެލް މަސައްކަތް ކުރަމުން ދަނީ ޑޮލަރު ލިމިޓު 25 އަށް ކުރުމަށެވެ. އެއީ އިންސައްތައިގެ ގޮތުން ބަލާއިރު 90 ނަމަވެސް އެނގިފައިވާ ގޮތުގައި ބީއެމްއެލްގެ ވިސްނުން ހުރީ އެހާ ބޮޑު އަދަދައް ކުޑަކުރަން ނޫނެވެ.
ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓްތަކުން ބޭރުފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓްތައް މިދަނީ މުރާޖަޢާ ކުރަމުންނެވެ. އަދި މިހާތަނަށް ބޭންކުން ވަކި ލިމިޓެއް ކަނޑަނާޅައެވެ. އަދި އައު ލިމިޓަކަށް އަމަލުކުރަން ފަށާނެ ތާރީހެއްވެސް ކަނޑަނާޅައެވެ.
ސައީދު ވިދާޅުވީ ބޭރު ފައިސާ ލިބުމުގައި ދަތިތައް ދިމާވަމުންދާތީ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމުޓުތައް މުރާޖައާ ކުރަމުން ދާކަމަށެވެ.
ބޭރުގައި ކާޑުން ޓްރާންސެކްޝަން ހެދޭ ލިމިޓަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ފެށިއިރު ބީއެމްއެލް ފިޔަވައި ރާއްޖޭގެ އެހެން ބޭންކުތަކުގައި ހުޅުވާފައިވާ ރުފިޔާ އެކައުންޓުތަކަށް ދޫކުރާ ކާޑުތަކުން ރާއްޖޭން ބޭރުގައި މުއާމަލާތް ނުކުރެވެ އެވެ. ޑެބިޓު ކާޑުން މަހެއްގެ މައްޗަށް ޓްރާންސެކްޝަން ހެދޭނީ 250 ގެ ލިމިޓޭޝަންގަ އެވެ.

