ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕެޝަލިސްޓުން އިތުރުކޮށް ވެއިޓިން ލިސްޓު ކުޑަކުރުމަށް މަސައްކަތް ކުރާނަން: ރައީސް

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ސްޕެޝަލިސްޓު ޑޮކްޓަރުން އިތުރު ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިއްހީ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރިއިރު، ޑޮކްޓަރުންގެ އިހުމާލާއި އަދި ރަނގަޅު ފެންވަރެއްގެ ފަރުވާ ނުދެވޭ ޝަކުވާތައް ގިނަ އެވެ. ހާއްސަކޮށް ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމަށް މަޖުބޫރުވުމާއި، ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމަށް އެތައް މަސް ދުވަހަކު ކިއުގައި ހުންނަން ޖެހުން މީގެތެރޭގައި ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ކުރިޔަށް ގެންދާ ”ރައީސްގެ ޖަވާބު“ ސެގްމެންޓުގައި މިއަދު އާންމުންގެ މީހަކު ސުވާލު ކުރީ ޑޮކްޓަރަށް ދެއްކުމުގައި ހުރި ދަތިތަކެވެ. އެޕޮއިންޓްމަންޓު ނުލިބި ލަސްވުމާއި، ނުވަތަ ފަހުވަގުތު ކެންސަލްވުމުގެ އިތުރުން ކިއު ނަމްބަރު ޖެހޭ ދުވަހަށް ނުދެވުން ފާހަގަކޮށް އޭނާ ސުވާލު ކުރީ މި ކަންބޮޑުވުންތައް ހައްލު ކުރުމަށް ރައީސް ގެންގުޅުއްވާ ވިސްނުމާ ގުޅޭގޮތުންނެވެ.

މީގެއިތުރުން އެހާ އުނދަގުލުން އެޕޮއިންޓްމެންޓު ލިބޭއިރު ވެސް، ހޮސްޕިޓަލުން ދޭ ވަގުތަށް ޑޮކްޓަރު ނައުމާއި ބަލި މީހާއަށް އޭގެ ސަބަބުން ދިމާވާ އުނދަގޫތައް އޭނާ ފާހަގަކުރި އެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، އިސްލާހު ކުރުމަށް ހަރުދަނާ ޕްލޭންތަކެއްގެ ދަށުން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ސްޕެޝަލިސްޓުން އިތުރު ކުރުމަށް ސަމާލުކަން ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި ބައެއް ދާއިރާތަކަށް ބޭނުންވާ ސްޕެޝަލިސްޓުން ނެތް އިރު، ނުވަތަ ޑިމާންޑާ އެއްވަރަށް އެ ފަރުވާ ދެވޭނެ ގޮތެއް ނެތްއިރު އެކަމަށް ރައީސް ވިދާޅުވީ ވަރަށް އަވަހަށް ހައްލު ފެންނާނެ ކަމަށެވެ.

އެހެންވީމަ ސްޕެޝަލިސްޓުން ގިނަ ކުރެވޭ ވަރަކަށް ދެންމެ ތި ވިދާޅުވިހެން މަޑުކުރަން ޖެހޭ ވަގުތުވެސް ކުޑަކުރެވޭނެ… ދެވަނަ ކަމަކަށް އެޕޮއިންޓަމެންޓު ހަދާއިރު އެ ލިބޭނެ ދުވަސް ޔަގީންކަމާ އެކު ހަމަޖެހޭނެ ދުވަސް އެނގޭ ގޮތަށް ސިއްހީ ނިޒާމު ބައްޓަން ކުރަމުން ދަނީ މި..

ރައީސް ވިދާޅުވީ ސިޔާސަތަކީ، އެޕޮއިންޓްމަންޓާއި އެކު ޑޮކްޓަރަށް ދެއްކޭނެ ދުވަހެއް ވެސް އެނގޭނެ ސިޔާސަތެއް ގެނައުން ކަމަށެވެ. އަދި ސީދާ ދުވަސް ލިބޭއިރު ގިނަ ދުވަހު މަޑުކުރަން ނުޖެހޭ ގޮތަށް ބަދަލު ގެންނަވާނެކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވީހާވެސް ގިނަ ސްޕެޝަލިސްޓުން ނުވަތަ ސުޕަ ސްޕެޝަލިސްޓުން ގެނެވުމާއި އެކު އިންތިޒާރުގައި މަޑުކުރަން ޖެހޭ ވަގުތު މަދުވެގެން ދާނެކަމަށެވެ. މިއާއި އެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ، ސިއްހީ ނިޒާމު ރަނގަޅުވެގެން ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: