ސިވިލް ސާވިސް މުވައްޒަފުންގެ ސްޕެޝަލް ޑިއުޓީ އެލަވަންސްގެ 19 ވަނަ މާއްދާއަށް އިސްލާހު ގެނެސްފި އެވެ.
ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ސްޕެޝަލް ޑިއުޓީ އެލަވަންސް ދޭ މުވައްޒަފުންނަށް އިތުރު ގަޑި ދިނުމުގައި ރަސްމީ ބަންދު ދުވަސްތަކުގައި އަދާކޮށްފައިވާ އިތުރު ގަޑީގެ ވަގުތު ނުހިމަނައި މަހެއްގެ މައްޗަށް 44 ގަޑިއިރަށް ވުރެ އިތުރަށް އަދާކޮށްފައިވާ އިތުރު ގަޑިއަށް ފައިސާ ދިނުމަށް ނިމުމެއް އަންނާނެކަމަށެވެ.
ކޮމިޝަނުން ބުނެފައި ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކުގެ ދަށުން އެކުލަވާލާ ޖޮބް މެޓްރިކްސްއެއް ވަޒީފާގައި ހަމަޖެހިފައި ނުވާ މުވައްޒަފުންނަށް ވެސް ހިމެނޭކަމަށެވެ. އަދި ސިވިލް ސާވިސްގެ ހާއްސަ އޮނިގަނޑުގައިވާ މުވައްޒަފުންގެ ތެރެއިން، އެ އޮނިގަނޑުގައި ސްޕެޝަލް ޑިއުޓީ ދިނުމަށް ހިމަނާފައިވާ މުވައްޒަފުންގެ އިތުރު ގަޑި ދިނުމުގައި ”ރަސްމީ ބަންދު ދުވަސްތަކުގައި އަދާކޮށްފައިވާ އިތުރު ގަޑީގެ ވަގުތު ނުހިމަނައި މަހެއްގެ މައްޗަށް 44 ގަޑިއިރަށް ވުރެ އިތުރަށް އަދާކޮށްފައިވާ އިތުރު ގަޑިއަށް ފައިސާ ދިނުމަށް ވެސް ނިމުމެއް އަންނާނެކަމަށް ވަނީ ބުނެފަ އެވެ.
ސިވިލް ސަރވިސް މުވައްޒަފުންނަށްދޭ އެލަވަންސްތައް 19 ޖަނަވަރީ 2020 (އިސްލާޙް 7) ގެ G206 ސްޕެޝަލް ޑިއުޓީ އެލަވަންސްގެ 19 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާޙުތަކާގުޅޭ pic.twitter.com/aHJ5l2hYc1
— Civil Service Commission of the Maldives (@cscmaldives) March 19, 2024
ސިވިލް ސާވިސްގެ މުވައްޒަފުންނަށް ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް، އިސްލާހުތަކެއް ގެނެސްފައިވާއިރު މުސާރަ ބޮޑުކޮށްދިނުމަށް އެދި ސިވިލް ސާވަންޓުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަނީ ހުށަހަޅާފަ އެވެ.

