ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްޗަންގޮޅި މެދު ޕީއެންސީ ޓިކެޓު ލިބުނު ކުކޫގެ ތާއީދު، އަމިއްލަ ގޮތުން ވާދަކުރައްވާ ކައުންސިލަރު ޒަމީރުއަށް!

މުހައްމަދު އަބްދުލްގާދިރު (ކުކޫ) އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ޒަމީރުއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ސަރުކާރުގެ މައި ޕާޓީގެ ޕްރައިމެރީގައި ވާދަކޮށް މައްޗަން ގޮޅި މެދު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރި މުހައްމަދު އަބްދުލްގާދިރު (ކުކޫ) އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ޒަމީރުއަށް ތާއީދު ކުރުމަށް ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ޒަމީރަކީ އެމްޑީޕީގެ އެތެރޭގައި މައްސަލަތައް ޖެހި ފެކްޝަންތަކަށް ބެހުނު ދުވަސްވަރު އެ ޕާޓީއާ ދުރަށް ޖެހުނު މެމްބަރެކެވެ. އޭގެ ފަހުން ސިޓީ ކައުންސިލްގައި ވެސް ރައީސް މުއިއްޒު އެކު ގާތުން ޒަމީރު މަސައްކަތް ކުރެއްވި އިރު، ޕީޕީއެމަށް އޭނާ ސޮއި ކުރެއްވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެވެ. އަދި އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބުކޮށް ދޭން، ކެމްޕެއިނުގައި އަމަލީ ގޮތުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޕްރައިމެރީގައި ޒަމީރަށް 127 ވޯޓު ލިބުނު އިރު، އޭނާ މައްޗަށް އަބްދުލްގާދިރު ކުރި ހޯދާފައި ވަނީ 174 ވޯޓުންނެވެ.

ޒަމީރުގެ ކެމްޕެއިން ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވަޑައިގަންނަވާތީ އެކަން މީޑިއާތަކަށް އެންގީ ޕީޕީއެމް/ޕީއެންސީ އެވެ. ރޭގެ ޖަލްސާގައި ރައީސް މުއިއްޒާއި އެކު އަބްދުލްގާދިރު ވެސް ބައިވިރިވި އިރު، އޭނާ އެދުނީ މަޖިލިސް ގޮނޑިއަށް ޒަމީރު އިންތިހާބުކޮށް ދިނުމަށެވެ.

ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ޒަމީރަށް ތާއީދު ކުރުމަށް އަބްދުލްގާދިރު ނިންމެވުން އެއީ ވަރަށް ހިތްތެރި އިހުލާސްތެރި ނިންމުމެއް ކަމަށެވެ. އަދި ސަރުކާރަށް ގޮނޑި ކާމިޔާބު ކުރުމުގައި އެންމެ މަސްލަހަތު އޮތް ރަނގަޅު ގޮތަކީ އެއީކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: