ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓު ކޮމިޓީއައް އައްޔަނު ކުރިތާ މަހެއް ނުވަނީސް އަނީސާ އިސްތިއުފާ ދީފި

އަނީސާ އަހުމަދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި، ގެދޮރުވެރިޔާ ފްލެޓުގައި މައްސަލަތަކެއް ހުރުމުން އެކަން ހައްލު ކުރުމަށް އެކުލަވާލި ހައުސިން ކޮމިޓީން އަނީސާ އަހުމަދު އިސްތިއުފާ ދީފި އެވެ.

ހައުސިންގެ ޝަކުވާތައް ރަނގަޅު ގޮތުގައި ބަލައި، އިންސާފުވެރިކަމާއި އެކު ގޮތް ނިންމުމަށް ކޮމިޓީއެއް އުފެއްދުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަ ކުރެއްވީ “އަހާ” ގެ ނަމުގައި އެމަނިކުފާނު ބައިވެރިވި ފޯރަމްގަ އެވެ.

އޭގެ ފަހުން ކޮމިޓީގެ މަސައްކަތްތައް ފަށައި، ހައުސިން މިނިސްޓްރީން ބުނީ މެމްބަރުންގެ ގޮތުގައި ރައީސް ނެންގެވީ އަނީސާ އަހުމަދާއި، އާމިނަތު އީނާސް، އަދި އަހުމަދު އަލީ މަނިކުގެ އިތުރުން އަބްދުލްއަޒީޒް ޔޫސުފާއި މަރިޔަމް ފިޒާނާ ރަޝީދުކަމަށެވެ.

ކޮމިޓީއަށް އައްޔަނު ކުރިތާ މަހެއް ނުވަނީސް އަނީސާ އިސްތިއުފާ ދިންއިރު، މެމްބަރުންގެ ގޮތުގައި ކޮމިޓީގައި ތިބި ބޭފުޅުންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުންތައް އަމާޒުވެފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން އަނީސާ ފޮނުވި އިސްތިއުފާގެ ސިޓީގައި ވަނީ މަގާމުން އިސްތިއުފާ ދެނީ އަމިއްލަ ސަބަބުތާއި ހުރެ ކަމަށެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަނީސާ ވަނީ ރައްޔިތުންގެ މަޖިލީހާއި، ސަރުކާރުގެ ވެސް އިސް މަގާމުތައް ފުރުއްވާފަ އެވެ. އަދި އަނީސާ ވަނީ ރައްޔިތުންގެ މަޖިލިސްގެ ނައިބު ރައީސްކަން ވެސް ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: