ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯގެ ސީއީއޯގެ ސަސްޕެންޝަން އުވާލަން އަންގާފައިވަނިކޮށް، ޕީސީބީގެ އިތުރު މައްސަލަތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލަން ނިންމާފައިވަނިކޮށް އެ ބޯޑުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަހުމަދު ޔާމީން ގޯސް ހައްދަވަމުން އަންނަކަން ހާމަވެއްޖެއެވެ.

ޝަމާހު ސަސްޕެންޑު ކުރި ގޮތް ބަލަން، އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ މެންބަރުން ވަނީ ޕީސީބީ އާއި އޭނާ އާއި ސުވާލުތަކެއް ކޮށް، ގިނަ ކަންކަން އޮޅުންފިލުވާފައެވެ. އެގޮތުން ޝަމާހު ސަސްޕެންޑު ކުރަންޖެހޭވަރުގެ މައްސަލައެއް ނެތްކަން ކޮމެޓީގެ ހުރިހާ މެންބަރުންނަށް އިއްތިފާގުވެއެވެ. އަދި އެ ނިންމުން އަނބުރާ ގެންދިއުމަށާއި، ޝަމާހުގެ ސަސްޕެންޝަން ވަގުތުން އުވާލަން ޖެހޭކަމަށް ކޮމެޓީގެ މެންބަރުން ވަނީ ޕީސީބީއަށް އަންގަވާފައެވެ.

މީގެ އިތުރުން ޕީސީބީގެ ރައީސް ހަމްދީ އަގީލް ވެސް ވަނީ ޝަމާހުގެ ސަސްޕެންޝަންގެ މައްސަލަ ނިމުނުހާ އަވަހަކަށް އޭނާ އަނބުރާ ވަޒީފާއަށް ނެރޭގޮތަށް ބޯޑުން ފާަސްކޮށްފައިވާކަމަށް އެސްއޯއީ ކޮމެޓީގައި ވިދާޅުވެފައެވެ. އަދި ޝަމާހުގެ ސަސްޕެންޝަން މިއަދު އުވާލުމަށް ފާސްކޮށް، އެކަން އަންގާނެކަން އިއްޔެގެ އެސްއޯއީ ކޮމެޓީއަށްފަހު ހަމްދީ ވިދާޅުވިކަން ވަނީ އެނގިފައެވެ.

އެކަމަކު މިއަދު ކުއްލިގޮތަކަށް އުސޫލުން ބޭރުން ޕީސީބީގެ އެސްޖީ ވަނީ މިފްކޯގެ ސީއެފްއޯ އިލްޔާސް ހަނީފް އަށް ގުޅައި، އީމެއިލެއް ފޮނުވާފައިވާނެކަމަށް ވިދާޅުވެފައެވެ. އެކަން ހަނީފުގެ އަރިސް މީހެއްގެ ފަރާތުން ވަނީ ކަށަވަރުވެފައެވެ.
އަދި އެއްވެސް ހައިސިއްޔަތެއް ނެތި ޕީސީބީގެ އެސްޖީ ވަނީ މިފްކޯގެ ސީއެފްއޯއަށް އީމެއިލްކޮށްގެން ވަކި ގޮތަކަށް ނަތީޖާ ނެރުމަށާއި، މިފްކޯގެ ހިންގުމުގެ ތެރެއަށް ނުފޫޒު ފޯރުވުމަށް މިއަދު ކުއްލި ބައްދަލުވުމެއް ބާއްވަން ހަނީފަށް އަންގާފައެވެ. އެ ބައްދަލުވުން ހަނީފް ވަނީ ބާއްވާފައެވެ.

މިފްކޯގެ ސީނިއާ މުވައްޒަފަކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އިތުރު މުވައްޒަފަކު ވަޒީފާއަށް އައްޔަންކޮށްފައިވާ މައްސަލައެއް، އެ ކުންފުނީގެ ޑިސިޕްލިނަރީ ކޮމެޓީއަށް ހުށަހެޅިފައިވާއިރު، އޭނާ އަލުން އަނބުރާ ވަޒީފާއަށް ވެއްދުމަށް ޕީސީބީގެ އެސްޖީ، މިފްކޯގެ ސީއެފްއޯއަށް ކުރި މެއިލުގައި ބަޔާންކޮށްފައިވެއެވެ. ހަނީފް ވަނީ އެ އީމެއިލް، ޑިސިޕްލިނަރީ ކޮމެޓީގެ މެންބަރުންނަށް ދައްކައި، އެއީ ޕީސީބީގެ އެސްޖީ ފޮނުވި މެއިލެއްކަން ކަށަވަރުކޮށްދީފައެވެ.

އެނގިފައިވާގޮތުގައި އެސްޖީ ޔާމީން އަންގަވައިގެން މިފްކޯގައި ބަހައްޓަވަން ބޭނުންވާ މުވައްޒިފަކީ ޗީފް އިންޓާނަލް އޮޑިޓަރ ޝައުން ޝަރީފެވެ. އެ މެއިލުގައި ފާހަގަކޮށްފައިވަނީ ޝައުންގެ ސަސްޕެންޝަން ފިޔަވަޅަކީ މިފްކޯގެ ސީއެފްއޯއަށް ނުވަތަ ކުންފުނީގެ އެއްވެސް ވެރިއަކަށް އެޅޭނެ ފިޔަވަޅެއް ނޫން ކަމަށެވެ.

އެކަމަކު ޕީސީބީގެ ގާނޫނުގެ ދަށުން ކުންފުނިތަކުގެ އިންޓާނަލް އޮޑިޓަރު މަގާމަށް އައްޔަންކުރުމާއި ވަކި ކުރުމަކީ، ކުންފުނީގެ ބޯޑަށް ލިބިގެންވާ އިހުތިޔާރެއްކަން ސާފުވެއެވެ. އޯޑިޓަކާ ގުޅިގެން ކުންފުނީގެ އިންޓާނަލް އޮޑިޓަރ ޖަވާބުދާރީވާންޖެހެނީ، ކުންފުނީ އޯޑިޓް ކޮމެޓީއަށެވެ. އެނޫން އެހެން ހުރިހާ ކަމެއްގައި އޮޑިޓަރ ޖެނެރަލް ޖަވާބުދާރީވާންޖެހޭނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ނުވަތަ ސީއީއޯ އަށެވެ.

ގާނޫނީ އުސޫލުން ބާލާއިރު މިފްކޯގެ ޑިސިޕްލިނަރީ ކޮމެޓީން ޝައުންއާ ދޭތެރޭ އަޅާފައިވާ ފިޔަވަޅަކީ، އެ ކޮމެޓީއަށް އެޅޭނެ ފިޔަވަޅެކެވެ. އަދި އެކަމާ ހިތްހަމަނުޖެހޭ ނަމަ، އެކަމުގެ ހައްލު ހޯދުމަށް ދާންޖެހޭނީ އެމްޕްލޯއިމެންޓް ޓްރައިބިއުނަލް އަށެވެ.

ޝަމާހުގެ ސަސްޕެންޝަން މައްސަލައަށް ގޮތެއް ނިންމުމަށް ބާއްވާ ޕީސީބީގެ ޖަލްސާ މިރޭގެ ވަގުތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 57%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 43%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: