ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބަށް ޕީއެންސީ ޕީޕީއެމްގެ އިސް ތަރުޖަމާނަކަށް ހީނާ!

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު: ފޮޓޯ/ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗީފް ސްޕޯކްސް ޕާސަންއަކަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ހަމަޖައްސަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ކުރުން ފޯރިގަދަކަމާއިއެކު ކުރިއަށްދާއިރު، ޕީއެންސީއިންވަނީ އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާނީ އެންސްޕާގެ ސީއީއޯ ހީނާކަން ހާމަކޮށްފައެވެ.

ދިވެހިރާއްޖޭގެ މީޑިއާ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ހީނާ މި ފަހުން ފެނިގޮސްފައިވަނީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނާއި އިސްލާހީ މަސައްކަތްތަކުގެ ތެރެއިންނެވެ. އެގޮތުން ޕީޕީއެމްގެ ތަރުޖަމާނުގެ ގޮތުގައި ދާދި ފަހާއި ޖެހެންދެން ހުންނެވިއެވެ.

ހީނާ ވަނީ ކޮމިއުނިކޭޝަން އަދި ޖާރނަލިޒަމްގެ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާއިރު، ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް އެފެއާޒްގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވަމުން ސަކާރުގެ ކަމާއި ގުޅޭ މަގާމެއް ފުރުއްވިކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: