ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަހު ދިހައިގައި ވަޒީފާއަށް ނިކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ނިންމަވައިފި

ކެބިނެޓު ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ވަޒީފާއަށް ނިކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އިނާޔަތް ދިނުމާ ގުޅޭގޮތުން ފިންނޭސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުން ފަހު ދިހައެއްގައި މަސައްކަތް ކުރާނަމަ އިނާޔަތް ދޭން ޖެހޭނެ އެވެ. އަދި އެ އިނާޔަތް ދޭން ޖެހޭ އުސޫލާއި، އިނާޔަތް ދޭނީ ކޮން ބަޔަކަށްކަމާއި އޭގެ ތަފްސީލު ސާކިއުލާގައި ވެއެވެ.

ސާކިއުލާގައި ވަނީ އިނާޔަތް ދެވޭނީ ދައުލަތުގެ އިދާރާތަކުގެ ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން އެ އިދާރާއިން މަސައްކަތަށް ނިކުންނަން ޖެހޭކަމަށް ކަނޑައަޅާފައިވާ މުވައްޒަފުންނަށް އެކަންޏެވެ. އިނާޔަތް ދޭން ޖެހޭނީ އޭޕްރިލް މަހުގެ މުސާރައާއި އެކުކަމަށް ވެސް ސާކިއުލާގައި ވެއެވެ.

ކޮންމެ ރަމަޟާން މަހެއްގެ ފަހު ދިހައެއް އެއީ ސަރުކާރު ބަންދު ދުވަސްތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ކަނޑައެޅުވި އިރު މިއީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އެގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމު ކުރުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ރަމަޟާން މަހުގެ ފަހު ދިހަކައާއި ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފަ އެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: