ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދައްކާވާހަކަ އާއި އަމާލާއި ދިމާނުވޭ: ސޯލިހް

އެމްޑީޕީގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ސޯލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުން ދައްކާ ވާހަކައާއި އަމަލާއި ދިމާނުވާކަމަށާއި އަދި ސަރުކާރުގައި ފައިސާ ނެތްކަމަށް އެމްޑީޕީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިސްރާބު ހަމަމަގަށް ނަމުގައި އެމްޑީޕީއިން ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ވެރިކަމުގައި ތިބިނަމަވެސް އަދި އިދިކޮޅުގައި ތިއްބެވިނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ. 2008 ފެށިގެން 2024 ވަނަ އަހަރާއި ހިސާބަށްއައިރު ލިބިފައިވާ ގާނޫނުއަސާސީގެ ދަށުން ހިނގިހުރިހާ ވެރިކަމެއްގެ ތެރޭގައިވެސް އެކަން އެމްޑީޕީގެ ފަރާތުން ފެންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ޕީޕީއެމްގެ ވެރިކަމުގަ އާއި އެމްޑީޕީގެ ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ ލިބުމުން ދާއިރާތަކަށް އައި ބަދަލުތައްވެސް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ސޯލިހް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގައި ދާއިރާއެއް ތަމްސީލު ކުރަން އެމްޑީޕީއަށްވުރެ ފައްކާ މެންބަރުން ނުތިއްބަވާނެ ކަމަށެވެ.

”ގައުމުގެ މިސްރާބު ހަގީގަތުގައިވެސް ހަމަމަގަށް އަޅުވަން ޖެހޭ. އަޅުގަނޑުމެން ބޭނުންވީ، ހަމަގައިމުވެސް ގިނަ ރައްޔިތުން ބޭނުންވި މިސްރާބަކަށް ނޫން ކަންކަން މިދަނީ.. ތަރައްގީގެ މަޝްރޫއުތައް ބުރެކި ޖެހިފައި. އެބުރެކިތައް ޖެހޭ ނައްތާލަން. އަޅުގަނޑުމެން ޝަކުވާއެއްގޮތަށް މިދައްކަނީ ވަޒީފާ ދޫކުރާ ވާހަކަ. ވަޒީފާ ދޫކުރުމަކީ ރަނގަޅު ކަމެއް. އެހެންނަމަވެސް ދައްކާ ވާހަކައާއި ކުރާ ކަންކަމާއި ދިމާވާން ޖެހޭނެ“

ކުންފުނިތައް ބަނގުރޫޓު ވެފައިވާ ވާހަކަ އާއި، ސަރުކާރުގައި ފައިސާ ނެތް ވާހަކަ ދެއްކުމަށްފަހު އަނެއްދުވަހު ވަޒީފާ ދޭވާހަކަ ދައްކާ ކަމަށް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ ވަޒީފާގެ މުސާރަ ދެވޭނީ ފައިސާ ހުރެގެން ކަމަށެވެ. ސަރުކާރގައި ސިޔާސީ މަގާމުތައް 1500 އަށްވުރެ މައްޗަށް އަރައިފައިވާ ކަމަށާއި ދައުލަތުގެ ބަޖެޓުން މުސާރައަށް ކުރާ ހޭދައާއި ހިންގުމަށްދާ ހޭދަ ނިމިދިޔަ އަހަރާއި އަޅައިބަލާއިރު އެތައް ތަނެއް މަތި ވެފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވަނީ ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ނުހިންގިގެން އުޅޭނީ ކީއްވެކަމާމެދު ސުވާލު އުފައްދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: